Showing posts with label SEZ. Show all posts
Showing posts with label SEZ. Show all posts

Monday, July 6, 2015

މީދަލަށް ދިން ލަނޑު ދިވެހިންނަށް ދެވިދާނެތަ؟




 

އެއްސަހަރެއްގައި މީދަލުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. ކައްކާ ހުރިހާ ކާތަކެތި ކަނީއެވެ. ކުޑަކުދިންނަށް އުނދަގޫކުރަނީއެވެ. ދަނޑުބިންތައް ހަލާކުރަނީއެވެ. އެސަހަރުގެ މީހުން މީދާ ބޭސްލާ، ކާތަކެތި ފޮރުވާ، އެތައް ކަމެއް ކޮށްގެންވެސް މީދަލެއް ރަށުން ހުހެއް ނުކުރެވުނެވެ. އެހެން ހުއްޓާ  މާދުރު ޝަހަރަކުން މީހަކު އެރަށަށް އަރާ ރަސްގެފާނު ކައިރީ މީދާތަކުން ޝަހަރު ހުސްކޮށްދިނުމަށް ހުށަހެޅިއެވެ. ރަސްގެފާނު މިކަމަށް ހުއްދަ ދެއްވުމުން އޭނާގެ އަތުގައި އޮތް ދުންމާރިއަކުން މިއުޒިކް ކުޅެން ފަށައިފިއެވެ. މިދުންމާރީގެ ރީތި އަޑަށް ހުރިހާ މީދާތައް ހޮރުހޮރުން ނިކުމެ އޭނާކައިރިއަށް ޖަމާވެއްޖެއެވެ. ޖަމާވުމުން އޭނާ މިދާތަކާއެކު ދުންމާރި ފުމެމުން ރީތި މިއުޒިކް އަޑު އިއްވަމުން ބަދަރުމައްޗަށް ދިމާއަށް ދިއައެވެ. އެހިސާބުން މީދާތައް ކަނޑަށް އެޅި މަރުވެ މީދަލުން ރަށް ހުސްކުރެވިއެއްޖެވެ.

މިބީދައިން ރާއްޖޭގެ ރީތި ނަލަ ރަށްތަކުން ނެގޭނެ ފައިދާ ބަޔަކަށް ފެނި 100 އެތައް ރަށަކުން އެފައިދާ ނަގައިގެން ބަޔަކު ވަރަށް މުއްސަނދިވެއްޖެއެވެ. ހަމައެއާއެކު މަދު އާއިލާއެއްގެ ތެރޭގައި ބާރުތައް ޖަމާކޮށް ބެހެއްޓުމަށް ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ކުލީ ފްލެޓްތަކުގައި މުސާރައިގެ އަޅުންނަށް ހެދުމުގެ މޮޅުކަންވެސް ބަޔަކަށް ވިސްނިއްޖެއެވެ. މި 2 ކަންތައް ހާސިލްކުރުމަށް މީހުން ދިރިއުޅޭ ރަށްތައް ހުސްކޮށް ރައްޔިތުން އެއްތާކަށް ޖަމާކުރުމަށްޓަކާ ރަގަޅު ތައުލީމު، ބޭސްފަރުވާ، ވަޒީފާ، ދަތުރު ފަތުރު، އުމްރާނީ ތަރައްގީ، ބޯފެނާ ނަރުދަމާ، ހަމައެކަނި މާލެ ކިޔާ އެންމެ ރަށެއްގައި ދީފައި އެހެން އެއްވެސް ރަށަކަށް ފުރިހަމަޔަށް އެކަން ލިބުނަ ނުދީ 50 އަހަރަށް ހިފެހެއްޓިއްޖެއެވެ. މިގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ރަށްތައްވެސް ހިމެނެއެވެ. 
އެހުރިހާ ދަތިކުރުމަކުންވެސް އެރައްތައް އެއްކޮށް ހުސްވާގޮތެއް ނުވެ އަދި މާނުރައްކާތެރި ކަމެއް މެދުވެރިވެއްޖެއެވެ. 

އެއި ކޮންމެވެސް ވަރަކަށް ދަތުރު ފަތުރު ލިބި ފަތުރުވެރިކަމުގެ ކުދި ވިޔަފާރި ބައެއް ރަށްތަކުގައި ފެށި އެކަމާ ގުޅިގެން އެޚެން މަސައްކަތްތައްވެސް ފެށި އާދައިގެ ރައްޔިތުންގެ ޖީބަށް އަމިއްލަ މަސައްކަތުން ފައިސާ ވަންނަން ފެށުމެވެ. 

މުސާރައިގެ އަޅުންނަށް ވުމުން ސަލާމަތް ވާނެ މަގެއް ގިނަ ރައްޔިތުންނަށް ފެނުމެވެ. 

މިހިސާބަށް ކަންތައް ދިއުމުން މިހާރު އަމަލު ނުކޮށްފިނަމަ މިރީތި ނަލަ ރައްތައް، އެތަންތަނުގެ ވަޒަންވެރިންގެ އަތުން ހުސްނުވެދާނެ ކަމުގެ ބިރުހީވެ ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ކަހަލަ ގޮތަކަށް ބޭނުންކޮށްގެން  ވަރަށް ވިސްނާފައި ބޮޑެތި ރައްތައް ހުއްޓައި، ކުލީ ފްލެޓްގެ އާ "ކުލީޓައުން" އެއް ކަނޑުހިއްކައިގެން ހަދާ މި ކުލީ ޓައުނަށް ހުޅުމާލެ ކިޔާ ނަންދީފިއެވެ. އަދި އެތަނުގެ އެކި ފާޑުގެ ރީތި ކުރެހުން ކުރަހާ ރައްޔިތުންނަށް ދައްކައިފިއެވެ. ރަށުގެ އޮތް ބޮޑު ގޯތި ފްލެޓަކަށް ޓަކާ ދޫކޮށްލުމުގެ މޮޅުކަން ކިޔާދޭން ފަށައިފިއެވެ. މިކުރެހުން ފެނި ބައެއް ރައްޔިތުން އެމީހުންގެ ގޮޅިއަށް އަންނަން ފަށައިފިއެވެ. 

ސުވާލަކީ ދިވެހި ރައްޔިތުންނަށް މީދާތަކަށް ވީގޮތް ވާނީތޯއެވެ؟ ޖަވާބަކީ ހަމަ ހިލާ ނުވާނެއެއެވެ.  ގިނަ ރައްޔިތުން ތަކަކަށް މިހާރު މިކުރަން އުޅޭ ކަންތައް ވިސްނި ކުލިދައްކަން ބުރަ މަސައްކަތް ނުކޮށް ރަށާ އާއިލާގެ ކުރިއެރުމަށް ބުރަމަސައްކަތް ކުރަން ވެއްޖެ ކަމުގެ އިހްސާސް ވާން ފަށައިފިއެވެ. 

ހިއްވަރު ކުރާށެވެ. ހައްގުތައް ހޯދާށެވެ. ރަށު ޓެކްސް އާ އަތޮޅުގެ އެކި ވިޔަފާރި ތަކުންނާ ރިސޯޓްތަކުން ލިބޭ އާމްދަނީން ބައެއް ރަށަށް އަތޮޅަށް ޖަމާކޮށް ކުލީގެ އަޅުންނަށް ވުމުން ސަލާމަތްވެ ހަމަ އިސްކޮޅަށް ދެމިލާ މިނިވަން ވާށެވެ. ސަލާންޖެހުމުން މިނިވަން ވާށެވެ! 


Thursday, August 21, 2014

އެސްއީޒެޑް ބިލް: ފައިސާވެރި މަހުޖަނުންގެ ރަންބިސް އަޅާކުކުޅު، ރައްޔިތުންގެ ސާހިބު މީހާ



މުޙައްމަދު ހުސައިން

މިހާރު މަޖިލީހަށް ބަލައިގަނެފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އެސް.އީ.ޒެޑް ބިލާއިމެދު ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިނދިކޮޅު ޕާރޓީތަކުންނެއް ނޫނެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ބަޔަކާއި އެތައް ކައުންސިލްތަކަކުންވެސް މި ބިލާއި މެދު ކަންބޮޑުވެ އެކަމާއިމެދު މިއަދު އެދަނީ ބަހުސް ކުރަމުންނެވެ. ސުވާލަކީ އެސް.އީ.ޒެޑްގެ ދަށުން ދޫކުރެވޭ ސިނާޢީ ސަރަޙައްދުތައް ތަރައްޤީކުރަނީ ސީދާސީދާ ޢާންމު ރައްޔިތު މީހާއަށް އެކަމުން މަންފާވާނެ ގޮތަށްތޯއެވެ؟ މި ސުވާލުގެ ޖަވާބަކަށް އެ ބިލު މިހާރު އޮތްގޮތުން ބުނެވޭނީ އެކަން ނިމިގެންދާނީ މީގެ ދިމާ އިދިކޮޅަށް ކަމެވެ. ރައްޔިތު މީހާ ކެނޑިނޭޅި ހުއްޓުމެއްނެތި ރެޔާއި ދުވާލު އެކިއެކި ވައްތަރުގެ ޓެކްސްތައް ދައްކަމުންދާއިރު މިގޮތަށް ދޫކުރެވޭ ސަރަޙައްދުތަކަށް އިންވެސްޓުކުރުމަށްކަމަށް ބުނެ އެތެރެކުރެވޭހާ މުދަލަކާއި އެ ސަރަޙައްދުތަކުގައި ވަކި މުއްދަތެއްވަންދެން ކުރެވޭ ވިޔަފާރިން މުއްސަނދި މަހުޖަނު ޓެކްސްގެ ގޮތުގައި ލޯލާރި ފޮއްޗެއްހާ ހިސާބުވެސް ދައްކަން ނުޖެހޭ ގޮތަށް އޮތުމަކީ ނާޖާއިޒު އެތައް ކަމެއް ކުރުމަށް މަގުފަހިވެގެންދާ ކަންކަމެވެ

މިސާލެއްގެ ގޮތުގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބިޑުތައް ކާމިޔާބުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކުން މިހާރުވެސް ހިންގަމުންދާ ނޭދެވޭ އެތައް ކަމެއް ފުދެއެވެ. މަޝްރޫޢު ހިންގުމަށްކަމަށްބުނެ ޓެކްސް މަޢާފްވެވިގެން އެތެރެ ކުރެވޭ އެތައް މުދަލެއް ޢާންމު ރައްޔިތު މީހާއަށް ޓެކްސް ލައިގެން ވިއްކާ ވިޔަފާރިކޮށް އެކަމުންވެސް ނާޖާއިޒު ފައިދާ ލިބިގަންނަމުންދާ ކުންފުނިތައް މަދެއް ނޫނެވެ. ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މަސައްކަތްތައް އެ މުއްދަތަށް ނުނިންމާ އެކަމާއިގުޅިގެން ޖޫރިމަނާ ވާންޖެހޭ އެތައް އެތައް ކުންފުންޏަކުންވަނީ ވަލުދޮރާށީން އެތެރެވެ އެ އިދާރާތަކުގެ ކޮންމެވެސް ނުފޫޒުގަދަ ފަރާތަކާއި ގުޅިގެން މިގޮތަށް ދައްކަންޖެހިދާނެ ޖޫރިމަނާތަކުންވެސް ސަލާމަތްވެފައެވެ. ނަމަވެސް ކޮޓަރީގެ ދޮރަށް ފެން ވިއްސާތީވެ، އެ ދޮރު ޙިމާޔަތްކުރުމަށް ކުޑަކުޑަ ފުރާޅުގަނޑެއް ހުއްދަ ނުހޯދާ ލީތީވެ، ޢާންމު ރައްޔިތު މީހާ ކޯޓަށް ދާންޖެހެއެވެ. ޖޫރިމަނާ ދެގުނައަށް ދައްކަން ޖެހެއެވެ. ނޫނީ ޙުކުމެއް ތަންފީޒުކުރުމަށް ގޭބަންދުވެ ނުވަތަ އަރުވާލެވިގެން ހުންނަންޖެހެއެވެ. މިއީ އިންސާފުކަމުގައި ނުވާނަމަ، ވިޔަފާރީގެ މަންފާ ހޯދުމަށް އެތައް ހާސް އަކަފޫޓެއްގެ ބިން، އިންސާނެއްގެ ޢުމުރަށްވުރެވެސް ދިގު މުއްދަތަކަށް "ތަރައްޤީ" ކުރުމުގެ ލޭބަލް އަޅުވާފައި ޓެކްސްވެސް ދައްކަން ނުޖެހޭގޮތަށް މުއްސަނދި މަހުޖަނަށް ދިނުމަކީ އަދި އަމުދުން އިންސާފެއް ނޫނެވެ

ރާއްޖޭގެ ފަޤީރުންގެ ނިސްބަތް ދުވަހެއް ދުވަހަކަށްވުރެ އިތުރުވެ، މުދަލާއި ޚިދުމަތްތުގެ އަގުތައް ތިރިނުވެ، އިންފްލޭޝަން އަތްނުފޯރާ ފަށަށް ދަނީ ދުނިޔޭގެ އިޤްތިޞާދީ އޮއިވަރުތަކާއިވެސް މުޅިން ޚިލާފަށެވެ. ފިޔައާއި ބިހާއި އަލުވި ނޫން އެހެން މުދާތައް ދުނިޔޭގެ ބާޒާރުތަކުގައި ހަމަ އަގު ތިރިނުވެ އޮންނާތީތޯ ރާއްޖޭގެ ރައްޔިތުންގެ ލޮލުގައި "ދުނިޔޭގެ ބާޒާރުގެ އަގަށް އައި ބަދަލާއި ގުޅިގެން އަގު ބޮޑުވެފައިވާ" ކަމުގެ އަނދުން އެޅުވުމަށްފަހު އެ އިތުރުކުރާބައި ދަށްނުވެ އަބަދު ބޮޑުވަމުން މިދަނީ؟ ހަމަ ޔަޤީނުންވެސް އެއް ބިލިޔަން މީހުންގެ އާބާދީއަކަށް ޚަރަދުކުރަންޖެހިފައިވާ އިންޑިޔާގައި މިކަން މިގޮތަށް ހިނގަމުންދިޔަނަމަ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ދިހަ އަހަރުގެ  ތެރޭގައި އެ ޤައުމަކަށް ނުވެވޭވެއެވެ. ރާއްޖޭގައި ވަނީ އެހެންތޯއެވެ؟ މުދަލާއި ޚިދުމަތްތަކުގެ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ރާއްޖޭގައި ނުލިބިވާނަމަ، އެތަނަކީ ވެރިރަށް ފުރަމާލެ އާއި މާލޭގެ އަވަށްޓެރި މާލެތަކެވެ. މި ތަންތަނަކީ ސަރުކާރަށް ޤަބޫލުކުރެވޭ ޒާތުގެ އިންސާނުން ހަމައެކަނި ދިރިއުޅޭ ތަންތަނެވެ. މިހެން ދަންނަވަން ނުޖެހޭ ސަބަބެއް ނެތެވެ. ދައުލަތުގެ ބަޖެޓުގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރަމުން އެދަނީ ކުޑަގޮޅިތަކެއްފަދަ ތަންތަނުގައި ޙާލުގައި ޖައްސުވާފައި އޮތް އާބާދީއެއްގެ ތެރެއަށް އަނެއްކާވެސް އިތުރު ޤައިދީންތަކެއް އެތެރެކުރުމަށެވެ. ޤައިދީންނޭ މިދެންނެވީ، މާލޭގައި ދިރިއުޅުމެކޭ ރާއްޖޭގެ ޖަލެއްގެ ގޮޅިތަކުގައި އުޅުމެކޭ އެއްފަދަ ވެފައި ވާތީއެވެ. ހަމައެކަނި ތަފާތަކީ ޖަލުގެ ޤައިދީން ކުލި ދައްކަން ނުޖެހި މާލެގެ ޤައިދީން ކުލި ދައްކަންޖެހުމެވެ

އެސް.އީ.ޒެޑްގެ ބިލް ޤާނޫނަކަށް ވުމުގެ ކުރިން ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަން ދޭންޖެހެއެވެ. މާލެ އަތޮޅުގައި ތަރައްޤީކުރުމަށް ދޭނެ އިތުރު ފަޅުރަށެއް ނުވަތަ ބިމެއް ނެތުމަކީ ރާއްޖެ ތެރޭގެ ރަށްތަކުގައި ދަތި ޙާލުގައި ދިރިއުޅެމުންދާ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންގެ މައްސަލައެއް ނޫނެވެ. ސަރުކާރުން އަތޮޅުތެރޭގައި ހުރި ރަށްތަކާއި ބިންބިމުގެ މައްޗަށް މިހާރުގެ ޤާނޫންތަކާއި ޚިލާފަށް ވެރިވެގަންނާކަށް ނުޖެހެއެވެ. އެ ސަރަޙައްދެއްގައި ހިންގާ ތަރައްޤީގެ މަޝްރޫޢެއްގެ ފުރިހަމަ ފައިދާ ލިބެންޖެހޭނީ އެސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ސިޔާސީ މަޤާމްތަކުގައި މާލޭގައި ތިއްބެވި ބޭފުޅުންނާއި މާލޭގެ ސަރުކާރަކަށް ނޫނެވެ. ލާމަރުކަޒީ ޤާނޫނާއިވެސް ޚިލާފަށް ރާއްޖޭގެ ސަރަޙައްދުތަކުގައި ހުރި ބިންބިމަށާއި ރަށްތަކަށް ދައުލަތުން ވެރިވެގަނެ ހިންގަމުންދާ މި ނޭދެވޭ ޢަމަލު ސިފަކޮށްދެނީ މީގެ އެތައް އަހަރެއް ކުރިން މާލޭގައި ހުންނެވި ރަސްގެފާނަށް ކޮންމެ އަހަރަކު ޖިޒީދައްކަންޖެހޭ އުސޫލެވެ. ރާއްޖޭގައި މިހާރުވެސް އޮތީ ރަސްކަމެއް ނަމަ މި ލިޔުން ލިޔާކަށްވެސް ނުޖެހޭނެއެވެ. ނުވެސް ލިޔާނަމެވެ. އެސް.އީ.ޒެޑްގެ ބިލް މިހާރު ފަރުމާކުރެވިފައި އޮތީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އިތުރަށް ނިކަމެތިކޮށް އަޅުވެތި ކުރެވޭ ގޮތަށެވެ. ރައްޔިތުންގެ ބާރު ކަނޑުވާލާ އިންތިޚާބީ އެތައް ޙައްޤުތަކަކާއި އަސާސީ އެތައް ޙައްޤަކުންވެސް މަޙުރޫމްވާގޮތަށެވެ. ފައިސާވެރި މަހުޖަނުންނަށް މި ބިލަކީ ރަންބިސް އަޅާ ކުކުޅެކެވެ. ރައްޔިތުންނަށް މި ބިލަކީ ސާޙިބު މީހާއެވެ.

Monday, July 21, 2014

މިނިވަންކަމަށް ދުވަސްވާވަރަކަށް އަޅުވެތިކަމާ ދިމާލަށް



ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ރައްޔިތުން މުއްސަނދި ކުރުވައި، ވަޒީފާ އުފައްދައި ރާއްޖެތެރެ ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ ބިލެއް ހުށަހަޅާފަ އެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުތަކަކީ، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި، ރާއްޖޭގެ އެހެނިހެން ޤާނޫނުތައް ނުހިނގާގޮތަށް، ޚާއްސަ އިނާޔަތްތަކެއްގެ ދަށުން ބޭރުގެ ވިޔަފާރިވެރިންނަށް، ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. ސަރުކާރުންވަނީ މިފަދަ ނުވަ ސަރަހައްދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހެދުމަށް ނިންމާފަ އެވެ. މި ސަރަހައްދުތަށް ބެލެހެއްޓުމުގެ އިސްފަރާތަކަށްވާނީ، ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެކުލަވާލާ 17 މެންބަރުންގެ މައްޗަށް ހިމެނޭ ބޯޑަކުންނެވެ 
.

އިގްތިސާދީ ޚާއްސަ ސަރަހައްދުތަކުގައި ކުންފުނިތަކަށް ދެވޭ އިނާޔަތްތައް



އިގްތިސާދީ ހާއްސަ ސަރަޙައްދުތަކުގައި ވިޔަފާރި ކުރާފަރާތްތަކަށް ދެވޭ އިނާޔަތްތަކުގެ ގޮތުގައި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދައްކަން ނުޖެހުމާއި، ޖީއެސްޓީ އާއި ޓީޖީއެސްޓީ ދައްކަން ނުޖެހުމާއި، ވިތްހޯލްޑިންގ ޓެކްސް އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ޓެކްސްތަށް ދައްކަން ނުޖެހުން ހިމެނެ އެވެ. އަދި ބޭނުން އަދަދަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ފުރުސަތާއި، ބޭރުގެ ފަރާތްތައް ހިމެނޭ ކުންފުނިތަކުން ރާއްޖޭގެ ބިންތައް ޓެކްސް ދެއްކުމަކާނުލާ އަމިއްލަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. 
 

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ނިމި ރައްޔިތުންގެ ބާރުވެރިކަން ނެތުން



އިގްތިސާދީ ހާއްސަ ސަރަޙައްދެއްގެ ގޮތުގައި ރަށެއް/ފަޅެއް ނުވަތަ ރަށްތަކެއް ކަނޑައެޅުމަށްފަހު، އެ ސަރަހައްދެއް ނިސްބަތްވާ ކައުންސިލްގެ އެއްވެސް ބާރެއް އެ ސަރަހައްދަށް ނުހިނގާނެ އެވެ. އަދި އެރަށްތަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބުމުގެ ބަދަލުގައި ލިބޭނީ އިންވެސްޓަރުންނަށާއި މައި ސަރުކާރަށެވެ. ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތް ބަންދުވުމުން، ކައުންސިލްތައް ބާރުވެރިވުމުގެ ބަދަލުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން މިހާ ހިސާބުން ނިމުމަކަށް އައީކަމަށް ބެލެވިދާނެ އެވެ. މިފަދަ ގިނަ އިނާޔަތްތަކަކާއެކު ފުރުސަތު ހުޅުވާލުމުން، ގިނަ އަދަދެއްގެ ރިސޯޓް އިންވެސްޓްމަންޓްސް ރާއްޖެއަށް ލިބިގެންދާނެއެވެ. ނަމަވެސް ސަރުކާރަށް ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ނުލިބި، މިކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއާ މެދު ސުވާލު އުފެދެ އެވެ. އަދި މިފަދަ ތަންތަނުގައި ވަޒީފާއަދާކުރުމަށް ބޭރުގެ މީހުން ގެނައުމަށް ވަކި ހައްދެއް ނެތުމުން، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެތޯ މީކުރެވޭ ސުވާލެކެވެ.
 

ސަރުކާރުގެ އާމްދަނީ މަދުވެ މުއްސަދިން މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވުން



ސަރުކާރަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ޖީއެސްޓީ އަދި ބީޕީޓީ އެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުތަކަށް ދެވޭ އިނާޔަތްތަކުގެ ދަށުން، ޖީއެސްޓީ އަދި ބީޕީޓީ ދައްކަން ނުޖެހުމުން ސަރުކާރަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ. އަދި ސަރުކާރަށް ލިބޭ ޑޮލަރު އާމްދަނީވެސް މަދުވެ، ޑޮލަރު ބޮޑުއަގުގައި ގަންނަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ. ޖީއެމްއާރު އަށް އެއާޕޯޓް ދިނުމުން ސަރުކާރަށް ޑޮލަރު ލިބޭ މައިގަނޑު ވަސީލަތް ބަންދުވިގޮތަށް، ޓޫރިޒަމް އިން ނަގާ ޓެކްސްތައް މާފުކުރުމުން، ރިޒޯޓް ތަކުން ސަރުކާރަށް ލިބޭ ޑޮލަރުގެ ބޮޑުބައެއް ލިބުން ހުއްޓިގެން ދާނެއެވެ


ރާއްޖޭގެ ހުރިހާ ބިމެއް މަދު ބައެއްގެ މުދަލަކަށް ވެ މުސްތަގްބަލްގެ ވިޔަފާރި ހުރިހާ ފުރުސަތެއް އެމީހުންގެ އައްމައްޗަށް!



އިގްތިސާދީ ހާއްސަ ސަރަޙައްދުތަކަކީ ބިންގަނެގެން ބިން 99 އަހަރަށް އަމިއްލަކުރުމުގެ ފުރުސަތު އޮތްކަމަކަށް ވުމުން، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް ހުންނާނީ މުއްސަނދި މަދު ބައެއްގެ އަށްދަށުގަ އެވެ. ރާއްޖެފަދަ ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު ބޮޑު ޤައުމެއްގައި މިކަމުގެ ސަބަބުން ފަޤީރުން ފަޤީރުވެ، މުއްސަނދިން މުއްސަނދިވުން އިތުރުވެގެން ދާނެއެވެ. ބިމަކީ ރާއްޖޭގައި ތަދު އެއްޗަކަށް ވެފައި، ހުރިހާ ބިމެއް މަދު ބަޔެއްގެ އަމިއްލަ ތަރިކަ މުދަލަށް ވުމުން، މުސްތަޤްބަލްގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮންނާނީ މަދު ބައެއް އަތްމަތީގަ އެވެ.
 

ރާއްޖެ މުޖުރިމުންގެ އަތްދަށަށް!



އިގްތިސާދީ ހާއްސަ ސަރަޙައްދުތަކުން ފައިސާ ބޭރުކުރުމާއި ގެނައުމުގައި ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން ހުއްދަ ނަގަން ނުޖެހޭގޮތަށް އޮތުމަކީ މިފަދަ ތަންތަނަށް ޓެރަރިސްޓުންނާއި ބައިނަލްޢަޤްވާމީ މުޖުރިމުން ކަޅިއަޅާނެ އަދި މިކަމުގެ ނާޖާއިޒު ފައިދާ ނަގާނެ ކަމެއްކަން ތާރީޚް ހެކިދެއެވެ. މިފަދަ އިގްތިސާދީ ހާއްސަ ސަރަޙައްދުތައް ހަދާފައިވާ ޝީޝަލްސް، ބްރިޓިސް ވަރޖިން އައިލެންޑްސް ފަދަ ޖަޒީރާ ގިނަ ޤައުމުތަކަކީ ވަގު ވިޔަފާރި އާއި، ކަޅު ފައިސާ އަދި މުޖުރިމުން ފައިސާ ރައްކާކުރާ ހާލިތަކަށް ވަނީ ވެފައެވެ.

Meedhaa