Showing posts with label Forced Migration. Show all posts
Showing posts with label Forced Migration. Show all posts

Friday, December 9, 2016

އަހަރެމެންނަކީ މިތަނުގެ، މިތަނަކީ އަހަރެމެންގެ ބައެއްނޫން

ކްރެޑިޓް: ކައްޓި ހިއްވަރު 

ރާއްޖެތެރޭ މީހުން. އަފިރިން އަފުން، އަހަންނާ، އަހަރެމެން މަމެން، ރާއްޖެތެރެމީހުން. ހެދިބޮޑުވި ފަސްގަނޑުން ލުހެލައިގެން ގެނެސް މިތާ މޫނެތް ގޮފިކޮޅުތަކެއް ހެން އިންދީމަ ކިތަންމެ ފެނެއް ދިނަސް މިތާކަށް މުލެއް ނުލާ. ރަށް ވަށާ މުޅި މޫދުގައި މިނިވަންކަމާއެކު ފަތަފަތާ ތިއްބާ ދާޖަހާ ހިފައިގެން ގެނެސް މިތާ، ސިމެންތި ޓޭންކްތަކެއް ތެރެއަށް ލީމާ، އަދި 100 ބީޗް ހަދައިދިނަސް، މިފެނަކަށް ނުވެއް ދިރޭ. މެންދުރުގެ ހޫނުގައި ރައްދަކަ އަވީގައި ދޮންވެލިގަނޑުގައި ހުސްފަޔާ ދޮވެލެ ދޮވެލާ ތިއްބާ ގާއެޅި މަގުތަކުގައި ހިނގަން ޖެއްސީމައި، ބޫޓު އަދި ކިތަންމެ ފެންވަރަސް، ފައިގައި ފޮޅުލާ. 

މިތާކު އަހަރެމެންގެ ގެދޮރެއް ނެތް. ބޯމަތީ އަހަރެމެންގެ ފުރާޅެއް ނެތް. ދޭހާ އަތްވަކުން، ވެހޭހާ ވާރެއަކުން، ގެދޮރު ވެރިންގެ ދަހިވެތިކަމުން، ވަޒީފާ ދޭ މީހުންގެ އަޅުވެތިކަމުން، މިތާކު އަހަމެންނަށް ހިޔާވެއްސެއް ނެތް. މީކީ އަހަރެމެންގެ ވަޒަނެއް ނޫން. އަހަރެމެންނަކީ މިތަނުގެ، މިތަނަކީ އަހަރެމެންގެ ބައެއްނޫން. ކިތަންމެ ގާތަސް މީ އަހަންނާ ދުރު ހިލޭ ތަނެއް. ކިތަންމެ ތިމާގެޔޭ ބުންޏަސް އަހަންނާ ގުޅުމެއް ނެތް ބިމެއް.

މިފަހަރު ޗުއްޓީގައި. ރަށަށް ދިޔާން. ރަށަށް. މަގޭ ރަށަށް. ބުނެއެއްނު މަންމަޔަކު އޭނަ ވިހޭ ދަރިންނަށް ދޭ ލޯބި ރަށުން، ރަށުގެ އުފަން ދަރިންނަށް ދޭނޭ. އެކަމަކު ފަސްގަޑަކީ ވަޅުލާ އެއްޗެއް. ހަނދާން ބަހައްޓާ އެއްޗެއް ނޫން. މަތީ ތައުލީމު، މަތީ މަގާމު، ދިރިއުޅުމުގެ މަތީ ފެންވަރު، ހޯދަން އެތައް އަހަރަކު އުޅެފަ އެނބުރި ރަށަށް ދިއައިރު އެމައި މީހާ އަހަރެމެން މަތިން ހަނދާން ނައްތާލައިފި. އުޅެ ބޮޑުވި ގެ ވީރާނާ ވެއްޖެއް. ކުޑައިރުގެ ހަނދާން ތަކުގެ ގަބުރަސްތާނަކަށް ބަދަލުވެއްޖެ. މިހާރު އެމަގުން ރަށު ބޮޑުމަގުން ދާ މީހުން އެގެ ދައްކާފައި ބުނޭ، އެނގޭހޭ އެއްޒަމާނެއްގައި ދޮންތުއްތު ބޭބޭގެ ހަޔާތުގައި މިގެއަކީ ދުވަހަކުވެސް ދޮރު ލައްޕާ ގެއެއް ނޫނޭ. މިގޭ ދޮރު އަބަދުވެސް ހުންނާނީ މެހްމާނުންނަށް ހުޅުވިފައޭ. މިހާރު މިގޭ މީހުންނަށްވެސް ވޭތުކުރެވިއްޖެ. މާލެއައިތާ ކުރީ ކޮޅު އޭރު މާލެ އޮންނާނީ އެންމެ 2 މަގު. ސުކޫލަށް ދާ މަގު. ގެއަށް ދާ މަގު. އެދުވަހު ގެއަށް ދިއަ މަގުމަތިން ދިމާވި ދާއިތައަކު ހުއްޓުވާފައި އޭ ކޮއްކޯ ކޮބާހޭ ޗާނދަނީ މަގު. ވަރަށް ލަދު ގަތް. ނޭގެޔޭ ބުނެފަ ދާން އެނބުރިލިއިރު ޖެހިގެން ހުރި ފާރުގައި ކަނޑާ ނަގާފައި އޮތް ޗާނދަނީ މަގު. އެދުވަހަކު އެކަން ވީ ހެއްވާ ކަމަކަށް. އެކަމަކު މިފަހަރު ރަށަށް ގޮއްސަ ރަށި އިސްކޫލު ހުށެފައި ދެން ވޭ މަގެއް މަކަން ނޭގެނު. ގަމަށް އެރިގެން ގޮސް ފޭދުއަށް ފޭދޫން މަރަދުއަށް މަރަދޫއިން ހަންކެޑެއަށް. ހިތަދޫ އަށް އެރެގެން ގޮސް ކޯއްޓޭ .. މަކަށް ނޭގުނު. ރަށި ބަސް ދުލަށް ބަރަވެއްޖެ ފަތުސް ފަތިހަށް، ހެންނާ ހެނދުނަށް، މެނދިރި މެންދުރަށް، ހަވީރި ހަވީރަށް، ރޭނގަނޑި ރޭގަނޑަށް ބަދަލުވެ. ބެނޑިއަށް އައްޑޫ ބޮނޑިއޯ ކިޔަން ފެއްޓިގައި. މަމީ މިކޯ އަޅަ ގަނޑަ، 

ރަށަށް ދިއާމަ އެނގުނީ. ރަށުމީދާ ރަށަށް ގަދަވާނެކަން. މާލެ އައިމާ އެނގުނީ، މާލޭގައި މީދަލަށް ކާންދެނީ ކޮކަޑިކަން. އަހަންނަކީ ރަށަކު މާލެއަކު ލައްވާ ނުލި މީދަލެއް. މިމާލެގައި ގެދޮރު ވެރިން އުޅެން ކަމު ނުދާ ކުޑަ ގޮޅިގޮޅީގައި އުޅެނީ ހުސް މަކަހަލަ މީހުން. އަހަރެމެން މާލެ އައިސް މާލެ މީހުންނަށް ވާންވެގެން އަދާކުރި އަގަކީ އަހަރެމެންގެ އަމިއްލަ ވަންތަކަން އަހަރެމެންގެ ރަށްވަންތަކަން، މަ އެންމެ ފުރަތަމަ ދޫކުރީ ބޮޑު ބައްޕާގެ ތަރިކަ އެކަމަކު އަދިވެސް މި މާލެ އަހަރެމެން ބަލައެއް ނުގަނޭ، އަހަރެމެންނަށް މިމާލެ އަދިވެސް އަމިއްލައެއް ނުކުރެވޭ. މީކީ އަހަރެމެންގެ ވަޒަނެއް ނޫން. އަހަރެމެންނަކީ މިތަނުގެ މިތަނަކީ އަހަރެމެންގެ ބައެއްނޫން. އަހަރެމެންނަކީ ރަށަކު މާލެއަކު ލައްވާނުލި މީދާ ތަކެއް. 

އަހަރެމެންމީ ކޮންބައެއް؟ 



Friday, July 24, 2015

ރާއްޖެ ވިއްކުމަށްޓަކާ ރާއްޖެތެރޭ މީހުން ޖަލެއްްގައި ގައިދުކުރުމަށް އަޅައިދޭ ފާލަމެއްގެ ވާހަކަ!





ދިވެހިމަސްކައި، ދިވެހިލޭ ހިނގާ ދިވެހިދަރިއަކަށް ރާއްޖޭގެ އުތުރާ ދެކުނުގައިވާ މާސިންގާ ބޮޑެތި ރަށްތައް ތަރައްގީނުކޮށް 300މިލިއަން ޑޮލަރު ބްރިޖަކަށް ހުސްކޮށްލަން ކެރޭނެތޯއެވެ؟



ހުޅު-މާލޭ 300 މިލިއަން ޑޮލަރުގެ ބްރިޖަކީ މާލޭގައި އޮތް ސަރުކާޜުން ރާއްޖެތެރެއާ މެދު ގެންގުޅޭ ރޭސިސަމްއާ ތަފާތުކުރުމުގެ އެންމެ އަލިގަދަ ހެއްކެވެ. މި ބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހުންގެ ލެއިން، ރެއާދުވާލު ކުރާ މަސައްކަތުން ދައްކާ ޓެކުހުންނާ އެންމެހާ ރައްޔިތުންގެ މުދަލުން (ރަށްތައް) ނެވެ.ރާއްޖޭގެ ރަށްތަކަކީ ދިވެހިންނަށް އެކަނލާގެ ދެއްވި ރިޒުގު ކަމަށްވިޔަސް، ރަށްތައް ދީގެން ހުޅުމާލޭ ބްރިޖް އެޅުނަސް، ރަށްތައް ދީގެންހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރެވޭ ކަމަކަށް، ކުޅުދުއްފުށީ އެއަރޕޯޓް ހެދޭ ކަމަކަށް،  މުޅި ރާއްޖޭގެ ފެރީ ނިޒާމް ހިންގޭ ކަމަކަށް، އުތުރާ ދެކުނުގެ ޓާރޝަރީ ހޮސްޕިޓަލް ހެދޭކަމަކަށް ނުވިއެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ އެއީ ހަމައެކަނި ގްރޭޓަރ މާލެއަށްޓަކާ އޮތް އެއްޗެެއް ކަހަލައެވެ.



ރާއްޖެތެރޭ މީހުން ބޭނުންވަނީ ބްރިޖެއްތަ؟



ސަރުކާރުން ހީކޮށްގެން އުޅެނީ ރާއްޖެތެރޭމީހާވެސް ވޯޓުލީ މާލޭގައި 300މިލިއަންޑޮލަރު ބްރިޖެއް އަޅަންކަމަށެވެ.ސުވާލަކީ ރާއްޖެތެރޭ މީހާ؛ އަނގަމަތި ދޯންޏެއްގައި ވިހަން ޖެހޭއިރު، ދަރިފުޅު ލައިބްރަރީ ނެތް ސުކޫލަކަށް ދާއިރު، މަހުމުސާރައަށް ލިބޭ 3000 ރުފިޔާއިން 2000 ރުފިޔާ ކުއްޔަށް ދައްކާއިރު، އަނބިދަރިން ކައިރިއަށް ރަށަށް ދިއުމަށް ޓެކްސް ދައްކަން ޖައްސާފައިވާއިރު، ޔޫރިން ޓެސްޓް ހަދަން އެންމެ ކައިރި ހޮސްޕިޓަލަށް ދާން 2000 ރުފިޔާ ހޭދަކުރަން ޖެހޭއިރު، ލޭޓެސްޓް ހަދަން ޖެހިއްޖެނަމަ މާލެ ދިއުން ނޫން ގޮތެއް ނެތްއިރު، ރާއްޖެތެރެމީހާއަށް ބޭނުންވަނީ ހަމަ މަލޭ ބްރިޖެއް ތޯއެވެ؟



ބްރިޖުން ފައިދާކުރާނެއެވެ. އެކަމަކު އެ ފައިދާ ކުރާނީ ކޮންބަޔަކަށްތޯ ނާހާށެވެ!

ބްރިޖުން ރާއްޖެތެރެ މީހާއަށްވެސް ފައިދާ ކުރާނޭ ބުނާއިރު ރާއްޖެތެރޭމީހާ މާލޭގައި ބްރިޖެއް އަޅައިދޭށޭ،ބުނީ ކޮންއިރަކުތޯއެވެ؟ މީހުން ދިރިއުޅޭ ރާއްޖޭގެ ބޮޑެެތި ބިންތައް ހުއްޓައި އެތަންތަން ތަރައްގީ ނުކޮށް ބިންނެތް ތަނަކުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ބިންހިއްކުމުން، އެބިން އަގުބޮޑުވެ ވަކި ބަޔަކަށް ނޫނީ ނުލިބުމުގެ ސަބަބުން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހޯދާ ފައިސާ ގެދޮރުވިޔަފާރިކުރާ ސަރުކާރުގައި އުޅޭ ވިޔަފާރިވެރިންނާ އަދި އަމިއްލަ ވިޔަފާރިވެރިންގެ ޖީބުތެރެއަށް ފަސޭހަކަމާއެކު ވަދެގެން ދިއުމަކީ ފައިދާއަކަށް ވާނަމަ އެއޮތީ ފައިދާވެފައެވެ. އެހެންގޮތަކަށް ބުނާނަމަ ރައްޖެތޭރޭމީހާ ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު ކުލީގެ ނަމުގައި ފޭރުމަކީ ވަރަށް ބޮޑު ނަފާއާ ފައިދާ މަދު ބަޔަކަށް ލިބޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުލީގެ އަޅުވެތިކަމެއްގައި ރާއްޖޭގެ އެތައް ރައްޔިތަކު ޖެއްސުމާއި،  އެރައްޔިތުން ދިގުމުއްދަތަކަށް އަޅުވެތި ކުރުމުގެ ފައިދާވެސް ވެރިކަމުގައި ގިނަދުވަހު ތިބެން ބޭނުން ބަޔަކަށް ނެގުނީއެވެ.




އެހެންކަމުން ހުޅުމާލެއާ މި ބްރިޖަކީބިންވެރި މަހުޖަނުން އިތުރަށް މުއްސަނދި ވެލުމަށް ސަރުކާރުނަމުގައި ޖަހާދަންތުރައެެކެވެ. ދިގުމުއްދަތުގަ ހުރިހާޚަރަދެއް އަދާކުރާނީ ރާއްޖެތެރޭ ރައްޔިތުންގެ ލެއިންނެވެ. އަދި ބޯނަސްއެއްގެ ގޮތުގައި ފަޅުވާރާއްޖެތެރޭގެ ރަށްތައް އެމީހުން ހޯދާ ވިއްކާ ކުއްޔަށްދީގެން މިލިއަނުން ފައިދާ ނެގޭނެއެވެ. 



އެތައް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ހާލަތު!



ރާއްޖެއަށް އެންމެ ބޭނުންވަނީ ބްރިޖެއްކަމަށް ސަރުކާރުން ނިންމި ނިންމުން ބިނާކުރިދިރާސާ ހޯދަން އުޅެއުޅެ ނުފެނުނެެވެ. ވުޖޫދުގައި ނެތް އެއްޗެއް ނުފެންނާނެތާއެވެ. އެފަދަ ބޮޑު ޚަރަދެއް ތަންދޮރު ދަންނަ މީހުން ކުރާނީ ދިރާސާތަކަކަށް ފަހު ރިޕޯޓްތަކެއް ލިއެ އޭގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ އެވެސް ހޯދަން އުޅެވެނީއެވެ. ނަމަވެސް އެހޯދަން އުޅުނުވަރަކަށް ފެންނަނީ ރާއްޖޭގެ ހާލަތާ ތަރައްގީކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ހަދާފައިވާ އެެތައް އެތައް ރިޕޯޓްތަކާ ދިރާސާތަކެކެވެ ކަމުގެ މާހިރުން އެކި ފޯރަމްތަކުގައި ދައްކާފައިވާ ހަގީގަތްތަކެވެ. ޝާއިއުކޮށްފައިވާ ރާއްޖޭގެ ހާލަތު އަންގައިދޭ  މަޢުލޫމާތަށް ބަލާއިރު




·        ރާއްޖޭގެ އާބާދީގެ 1/2 އެއްބައިމީހުން ދިރިއުޅެނީ ސާފު ބޯފެނާއި ނަރުދަމާ ނެތިއެވެ.

·        ރާއްޖޭގެ އާބާދީގެ މަސައްކަތްކުރަންޖެހޭ މީހުންގެ 1/2 އެއްބައިމީހުން ތިބޭ ވަޒީފާނެތިއެވެ.

·        ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 61000 ހާސް ކުޑަކުދިންނަކީ ފަގީރުންނެވެ.

·        ރާއްޖޭގައި އެކަށޭނެ ރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއްނެތެވެ.، ދަތުރު ފަތުރަކީ އިގްތިސާދުގެ ލޭނާރެވެ.

·        ރާއްޖޭގައި އެކަށޭނަ ސިއްޙީ ނިޒާމެއް ނެތިގެން ކައިރީގައި އޮތް ޓްރިވެންޑްރަމްއާ ކޮޅުނބަށް ރައްޔިތުން ދާން މިލިއަނުން ޚަރަދު ކުރުއެވެ.

·        ރަށްރަށުގައި ރަށްވެހި ކަމުގެ އުމުރާނީ ތަރައްގީއެއް އެންމެ އަސާސީ ފެންވަރުގައިވެސް ނެތުމުން މަގުފެންގަޑުގައި ބަކަތަޅާފައި މަދިރީގެ ތެރޭގައި ދަރިން ސުކޫލަށް ފޮނުވަންވަނީ ޖެހިފައެވެ. ވަޒީރު ވަޑައިގަންނަވާއިރަށް މަގު ފަސްގަޑު ޖަހާ ފެންހިންދާ ރަށުތެރެ ފޮގް ކުރީމާހުރިހާކަމެއް ފުރިހަމަވީކަމަށް ދެކޭ ކަހަލައެވެ.

·        ސަރަހައްދީ ތަރައްގީއަށް އިސްކަން ނުދިނުމުން ގިނަބަޔަކު މާލެ ހިޖުރަކުރުމުގެ ސަބަބުން އަތޮޅުތައް ވަނީ ވީރާނާވެފައެވެ. އަސާސީ ޚިދުމަތަށްޓަކާ މާލޭގައި ކުދިކުދި ތަންތަން ކުއްޔަށް ހިފައިގެން އުޅެން ވަނީ ރާއްޖެތެރެ މީހާއަށް މަޖުބޫރުވެފައެވެ.

ހައިރާންވާ ކަމަކީ މިކަންކަމަށް އަލި އަޅުވާލައި، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބިން ނެތުމެއް ނޫންކަމަށާއި ނަމަވެސް ސިޓީ ފެންވަރުގެ އާބަން ޚީދުމަތްތަކެއް މާލެ ފިޔަވާ އެހެން އެއްވެސް ސަރަހައްދުތަކުގައި ދެވިފައި ނެތުން ކަމަށް ކަމުގެ މާހިރުން، ލިއެފައިވާ ލިއުންތައް ފެންނަ މީހަކު ސަރުކާރުގަޔާ މަޖިލީހުގައި ނެތްކަމެވެ!



ރައްޔިތުންނާ އަޅާލާ ގައުމުތަކުން ބްރިޖްފަދަ ކަންކަމަށް ހޭދަކުރަނީ...



މިލިއަން ޑޮލަރު ހޭދަކޮށްގެން ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކުން ބުރިޖުއަޅަނީ ގައުމުމުއްސަނދިވެ އަސާސީ ޚިދުމަތްތައް ފުރިހަމަވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގު ރައްޔިތުންނަށް ހޯދައިދިނުމަށްފަހު އެވެ. މިބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހާ ކުރާ ބުރަމަސައްކަތުން ނަގާ ޖިޒީން (ޓެކްސް) އިންނާއި ފަޅުރަށްތައ،ް ބްރިޖްއަޅާ ބަޔަކަށް ދިގުމުއްދަތަކަށް ދީގެން ކަމަށްވާއިރު ރާއްޖެތެރޭ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިންނާ އަތޮޅުގެ ރަށްތަކުން މާލޭ ބްރިޖަށް ފައިސާ ދައްކަންދެން ބަލަން ހަމަ ތިބޭނީތޯއެވެ؟



ގްރޭޓަރމާލެއަށް މީހުން ތޮއްޖަންސަން ބޭނުންކުރުމުގެ ބަދަލުގައި އެއަތޮޅެއްގެ ރަށްތަކަކީ އެއަތޮޅެއްގެ ތަރައްގީއަށް ބޭނުންކުރާ އެއްޗަކަށް ހެދުމަކީ ރައްޔިތުންގެ  ޒިންމާއެކެވެ. ރަށުން ދައްކާ ޓެކްސްއިން ބައެއް ރަށަށް، އަތޮޅު ވިޔަފާރިތަކުގެ އާމްދަނީޓެކްސް އިން ބައެއް އަތޮޅަށް ހޯދާ އަތޮޅު ތަރައްގީކުރަން ރާއްޖެތެރޭ މީހުންނިކުންނާނީ ކޮންދުވަހަކުންތޯއެވެ؟





300 މިލިއިން ޑޮލަރުން ކުރަންވީ ކޮންކަމެއް؟

މިއި އަޅުގަނޑުމެން އަމިއްލައަށް ބުނާވާހަކަ ތަކެއް ނޫނެވެ. މިއީ ވޭތުވެ ދިޔަ ސަރުކާރުތަކުންވެސް ކުރަން ރާވާ އަދި ވަޒީރުން ފެންވަރުގައި އިއުލާންކޮށް އަދި ބައެއްކަންކަމަކީ ފަށާ ރާއްޖެތެރެއަށް ޚާއްސަ ބަރަވެލި ސްޕީޑްގައި ގެންދާ ކަމަށް ބުނާ ކަންތައްތަކެވެ.

·        ގައުމުގެ އިގްތިސާދަށާއި ގިނަ ރައްޔިތުންގެ ދިރިއުޅުން އުތުރާއި ދެކުނުގައި 2 ނުވަތަ 3 ސިޓީ ތަރައްކޮށް މާލެ އަންނަ ފަދައިން، ޚިދުމަތަށް އެތަންތަނަށް ފަސޭހައިން ދެވޭނެގޮތް ހެދުން. (ލ. ގަން ހުޅުމާލޭ ފެންވަރަށް ތަރައްގީ ކުރުން އިއުލާންކުރި)

·        ދަތުރުފަތުރުގެ ނިޒާމުން ރައްތައް ގުޅާލުން، ކަނޑާ ވައިގެ ދަތުރު ފަތުރު ސަރަހައްދީ ފެންވަރުގައިވެސް ވަރުގަދަ ކުރުން (މިކަމަށް އޭޑީބީގެ އެހީ ލިބި އެހީއަށް ވީގޮތެއް ނޭނގެ!)

·        ހަނިމާދޫ  އިންޓަރނޭޝަނަލް އެއަރޕޯޓް، ގަން އިންޓަރނޭޝަލް އެއަރޕޯޓް ފަތުރުވެރިން އަންނަ ގައުމުތަކުން ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް މަތިކޮށް ތަރައްގީކުރުން

·        އުތުރާ ދެކުނުގައި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލް އަޅާ ޚާއްސަކޮށް ދިވެހި ދަރިން ސިއްހީ ދާއިރާއިން ތަމްރީންކޮށް މިތަންތަން ހިންގުން. (ކުޅުދުއްފުށީ ހޮސްޕިޓަލް ފެންވަރު މަތިކުރަން އިއުލާން ކުރި،  ސ. ހިތަދޫ ހޮސްޕިޓަލް 15އަހަރު ވީއިރުވެސް ފެށިގެން ކުރިއަށް ދާ ނިމުމެއް ނުވާ ޕްރޮޖެކްޓް)

·        މާލެއަށް ކުލި ޖިޒީ ނުދައްކާ މަތީ ތަޢުލީމާއި ފަންނީ ތަމްރީން އުުތުރާއި ދެކުނުގައި ލިބޭނެ ގޮތް ހެދުން (ހދ. ނޮޅަވަރަން ފަރު ޓްރެއިނިން ރިސޯޓް، ލ. ގަމު ޑްރީމް ކެމްޕަސް ފަދަ ފަށަން ރާވާ އިއުލާންކޮށްފައިވާ ޕްރޮޖެކްޓްތައް ރާއްޖެތެރެއަށް ވުމާއެކުގޫގްލް ސްޕީޑްގައި އަދިވެސް ފެށޭގޮތް ނުވެފައި)

މާލޭގައި އޮތް ސަރުކާރަކުން މިކަން ކޮށްދެވޭނެކަމަށް ބަލައިގެން ތިބޭތާ މިގައުމަށް ވީހާ ދުވަހެއް ވެއްޖެއެވެ. ރާއްޖެތެރޭ މީހުން ސަލާންޖަހަން ތިބެން ބޭނުންނުވާނަމަ، މިހާރު އޮތްގޮތަކީރަށާ އަތޮޅުގެ އަސާސީ ކަންކަންކޮށް ތަރައްގީ ކުރެވޭނެ ބާރު ރައްޔިތުން ހޯދުމެވެ. ރައްޔިތުން ބާރުވެރިކުރުވާ އަތޮޅު ތަރައްގީއަށް ހުރަސް ނާޅާނ،ެ ކޮންމެކަކަށް މާލެ އަންނަން ނުޖެހޭނެ ގޮތަށް ސިޔާސަތު ރާވާ ހިންގާނެ، މެމްބަރުންނާ ސަރުކާރެއް ހޯދުމެވެ.



Monday, July 6, 2015

މީދަލަށް ދިން ލަނޑު ދިވެހިންނަށް ދެވިދާނެތަ؟




 

އެއްސަހަރެއްގައި މީދަލުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. ކައްކާ ހުރިހާ ކާތަކެތި ކަނީއެވެ. ކުޑަކުދިންނަށް އުނދަގޫކުރަނީއެވެ. ދަނޑުބިންތައް ހަލާކުރަނީއެވެ. އެސަހަރުގެ މީހުން މީދާ ބޭސްލާ، ކާތަކެތި ފޮރުވާ، އެތައް ކަމެއް ކޮށްގެންވެސް މީދަލެއް ރަށުން ހުހެއް ނުކުރެވުނެވެ. އެހެން ހުއްޓާ  މާދުރު ޝަހަރަކުން މީހަކު އެރަށަށް އަރާ ރަސްގެފާނު ކައިރީ މީދާތަކުން ޝަހަރު ހުސްކޮށްދިނުމަށް ހުށަހެޅިއެވެ. ރަސްގެފާނު މިކަމަށް ހުއްދަ ދެއްވުމުން އޭނާގެ އަތުގައި އޮތް ދުންމާރިއަކުން މިއުޒިކް ކުޅެން ފަށައިފިއެވެ. މިދުންމާރީގެ ރީތި އަޑަށް ހުރިހާ މީދާތައް ހޮރުހޮރުން ނިކުމެ އޭނާކައިރިއަށް ޖަމާވެއްޖެއެވެ. ޖަމާވުމުން އޭނާ މިދާތަކާއެކު ދުންމާރި ފުމެމުން ރީތި މިއުޒިކް އަޑު އިއްވަމުން ބަދަރުމައްޗަށް ދިމާއަށް ދިއައެވެ. އެހިސާބުން މީދާތައް ކަނޑަށް އެޅި މަރުވެ މީދަލުން ރަށް ހުސްކުރެވިއެއްޖެވެ.

މިބީދައިން ރާއްޖޭގެ ރީތި ނަލަ ރަށްތަކުން ނެގޭނެ ފައިދާ ބަޔަކަށް ފެނި 100 އެތައް ރަށަކުން އެފައިދާ ނަގައިގެން ބަޔަކު ވަރަށް މުއްސަނދިވެއްޖެއެވެ. ހަމައެއާއެކު މަދު އާއިލާއެއްގެ ތެރޭގައި ބާރުތައް ޖަމާކޮށް ބެހެއްޓުމަށް ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ކުލީ ފްލެޓްތަކުގައި މުސާރައިގެ އަޅުންނަށް ހެދުމުގެ މޮޅުކަންވެސް ބަޔަކަށް ވިސްނިއްޖެއެވެ. މި 2 ކަންތައް ހާސިލްކުރުމަށް މީހުން ދިރިއުޅޭ ރަށްތައް ހުސްކޮށް ރައްޔިތުން އެއްތާކަށް ޖަމާކުރުމަށްޓަކާ ރަގަޅު ތައުލީމު، ބޭސްފަރުވާ، ވަޒީފާ، ދަތުރު ފަތުރު، އުމްރާނީ ތަރައްގީ، ބޯފެނާ ނަރުދަމާ، ހަމައެކަނި މާލެ ކިޔާ އެންމެ ރަށެއްގައި ދީފައި އެހެން އެއްވެސް ރަށަކަށް ފުރިހަމަޔަށް އެކަން ލިބުނަ ނުދީ 50 އަހަރަށް ހިފެހެއްޓިއްޖެއެވެ. މިގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ރަށްތައްވެސް ހިމެނެއެވެ. 
އެހުރިހާ ދަތިކުރުމަކުންވެސް އެރައްތައް އެއްކޮށް ހުސްވާގޮތެއް ނުވެ އަދި މާނުރައްކާތެރި ކަމެއް މެދުވެރިވެއްޖެއެވެ. 

އެއި ކޮންމެވެސް ވަރަކަށް ދަތުރު ފަތުރު ލިބި ފަތުރުވެރިކަމުގެ ކުދި ވިޔަފާރި ބައެއް ރަށްތަކުގައި ފެށި އެކަމާ ގުޅިގެން އެޚެން މަސައްކަތްތައްވެސް ފެށި އާދައިގެ ރައްޔިތުންގެ ޖީބަށް އަމިއްލަ މަސައްކަތުން ފައިސާ ވަންނަން ފެށުމެވެ. 

މުސާރައިގެ އަޅުންނަށް ވުމުން ސަލާމަތް ވާނެ މަގެއް ގިނަ ރައްޔިތުންނަށް ފެނުމެވެ. 

މިހިސާބަށް ކަންތައް ދިއުމުން މިހާރު އަމަލު ނުކޮށްފިނަމަ މިރީތި ނަލަ ރައްތައް، އެތަންތަނުގެ ވަޒަންވެރިންގެ އަތުން ހުސްނުވެދާނެ ކަމުގެ ބިރުހީވެ ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ކަހަލަ ގޮތަކަށް ބޭނުންކޮށްގެން  ވަރަށް ވިސްނާފައި ބޮޑެތި ރައްތައް ހުއްޓައި، ކުލީ ފްލެޓްގެ އާ "ކުލީޓައުން" އެއް ކަނޑުހިއްކައިގެން ހަދާ މި ކުލީ ޓައުނަށް ހުޅުމާލެ ކިޔާ ނަންދީފިއެވެ. އަދި އެތަނުގެ އެކި ފާޑުގެ ރީތި ކުރެހުން ކުރަހާ ރައްޔިތުންނަށް ދައްކައިފިއެވެ. ރަށުގެ އޮތް ބޮޑު ގޯތި ފްލެޓަކަށް ޓަކާ ދޫކޮށްލުމުގެ މޮޅުކަން ކިޔާދޭން ފަށައިފިއެވެ. މިކުރެހުން ފެނި ބައެއް ރައްޔިތުން އެމީހުންގެ ގޮޅިއަށް އަންނަން ފަށައިފިއެވެ. 

ސުވާލަކީ ދިވެހި ރައްޔިތުންނަށް މީދާތަކަށް ވީގޮތް ވާނީތޯއެވެ؟ ޖަވާބަކީ ހަމަ ހިލާ ނުވާނެއެއެވެ.  ގިނަ ރައްޔިތުން ތަކަކަށް މިހާރު މިކުރަން އުޅޭ ކަންތައް ވިސްނި ކުލިދައްކަން ބުރަ މަސައްކަތް ނުކޮށް ރަށާ އާއިލާގެ ކުރިއެރުމަށް ބުރަމަސައްކަތް ކުރަން ވެއްޖެ ކަމުގެ އިހްސާސް ވާން ފަށައިފިއެވެ. 

ހިއްވަރު ކުރާށެވެ. ހައްގުތައް ހޯދާށެވެ. ރަށު ޓެކްސް އާ އަތޮޅުގެ އެކި ވިޔަފާރި ތަކުންނާ ރިސޯޓްތަކުން ލިބޭ އާމްދަނީން ބައެއް ރަށަށް އަތޮޅަށް ޖަމާކޮށް ކުލީގެ އަޅުންނަށް ވުމުން ސަލާމަތްވެ ހަމަ އިސްކޮޅަށް ދެމިލާ މިނިވަން ވާށެވެ. ސަލާންޖެހުމުން މިނިވަން ވާށެވެ! 


Monday, June 29, 2015

ހުޅުމާލޭން ފްލެޓަކަށް ނުލަންތަ؟






ރަހުމަތްތެރިޔާ: ކޮބާ ހުޅުމާލޭ ފްލެޓަކަށް ނުލަންތަ.

އަހުރެން : އާ ނުލަން

ރަހުމަތްތެރިޔާ: އެވަރުގެ ބޮޑު ފުރުސަތެއް ދޫކޮށްލާކަށް ނުވާނެއެއްނު

އަހުރެން : ކޮބާ ފުރުސަތަކީ 


ރަހުމަތްތެރިޔާ:  އެތާނުން ހުރިހާ ކަމެއް އޮންނާނީ

އަހުރެން :ކޮންކަމެއް


ރަހުމަތްތެރިޔާ:  ރަގަޅު ހޮސްޕިޓަލާ، ސުކޫލާ، ވިޔަފާރި ތަންތަނާ ރީތި މަގުތަކާ،... 


އަހަރެން: ކަލޭ ޓެކްސް ދައްކަންތަ މާލޭގައި އޮތް ސަރުކާރަށް

ރަހުމަތްތެރިޔާ: ބަރާބަރަށް ދައްކަން މިރާއަށް

އަހަރެން: ތިޔަ އަތޮޅުގައި ކިތައް ފަޅުރަށް އެބައޮތްތަ؟

ރަހުމަތްތެރިޔާ: 100 ވުރެ ގިނަވާނެ ބައިވަރު..، މިހާރު 2 ރިސޯޓްވެސް އެބައޮތް. އިތުރު 5 ރިސޯޓް ހުޅުވުމުގެ މަގުމަތީ އޮތީ

އަހަރެން: ކަލޭގެ އަތޮޅަށް ކިހާލާރިއެއް ވަންނާނެ ކަމަށް ލަފާކުރެވޭތަ

ރަހުމަތްތެރިޔާ:  ތިބުނީ:

އަހަރެން: މިބުނީ ތިޔަ ރިސޯޓްތަކުންނާ ކަލޭ ދައްކާ ޓެކުހުންނާ އަތޮޅު ތެރޭގައި ކިހާ އާމްދަނީއެއް އުޅޭނެތަ:

ރަހުމަތްތެރިޔާ:  މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެ. އަނެއްކާ ދަނޑުވެރިކަން ކުރަންވެސް މިހާޜު 4 ފަސް ރަށެއް ދީފިއޯ!

 އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟ ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟


އަހަރެން: އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟ ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟ މިލްކުވާއިރު ކޮށި އޮންނާނީ ބާވެފައި! ދެން ކަލޭ ރަށްދޫކޮށް ފްލެޓްވީމާ އެރައްތައް ކުއްލިއަކަށް ރަނަށްވެ
މަހުޖަނުން އަނެއް މިލިއަންޑޮލަރު ޖަހަން ދޭނީތަ؟


ރަހުމަތްތެރިޔާ: އެކަމަކު ސަރުކާރުން އަހަރެމެން ރަށްތަކެއް ތަރައްގީއެއް ނުކުރާނެ!


އަހަރެން: އެހެންވިއްޔާ ރަށްތައް ތަރައްގީކުރާނެ ސަރުކާރެއް ނުހޯދާ ނޫނީ އެކަން ކުރުމުގެ ބާރު ކަލޭ ނުހޯދާ ކޮންހާ އަނގައެއް ތިޔަ ތަޅަނީ! 




Meedhaa