ދިވެހިރާއްޖޭގެ އިގްތިސާދު
ކުރިއަރުވައި، ރައްޔިތުން މުއްސަނދި ކުރުވައި، ވަޒީފާ އުފައްދައި
ރާއްޖެތެރެ ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ވަނީ އިގްތިސާދީ
ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ ބިލެއް ހުށަހަޅާފަ އެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުތަކަކީ، ކަނޑައެޅޭ ވަކި
ސަރަހައްދުތަކެއްގައި، ރާއްޖޭގެ އެހެނިހެން ޤާނޫނުތައް
ނުހިނގާގޮތަށް، ޚާއްސަ އިނާޔަތްތަކެއްގެ ދަށުން ބޭރުގެ ވިޔަފާރިވެރިންނަށް، ވިޔަފާރި
ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ. ސަރުކާރުންވަނީ މިފަދަ ނުވަ
ސަރަހައްދެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހެދުމަށް ނިންމާފަ އެވެ. މި
ސަރަހައްދުތަށް ބެލެހެއްޓުމުގެ އިސްފަރާތަކަށްވާނީ، ރައީސުލްޖުމްހޫރިއްޔާ
މިކަމަށް އެކުލަވާލާ 17 މެންބަރުންގެ މައްޗަށް ހިމެނޭ ބޯޑަކުންނެވެ
.
އިގްތިސާދީ ޚާއްސަ ސަރަހައްދުތަކުގައި ކުންފުނިތަކަށް ދެވޭ އިނާޔަތްތައް
އިގްތިސާދީ ހާއްސަ
ސަރަޙައްދުތަކުގައި ވިޔަފާރި ކުރާފަރާތްތަކަށް ދެވޭ އިނާޔަތްތަކުގެ
ގޮތުގައި، ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ދައްކަން ނުޖެހުމާއި،
ޖީއެސްޓީ އާއި ޓީޖީއެސްޓީ ދައްކަން ނުޖެހުމާއި، ވިތްހޯލްޑިންގ ޓެކްސް
އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ޓެކްސްތަށް ދައްކަން ނުޖެހުން ހިމެނެ
އެވެ. އަދި ބޭނުން އަދަދަކަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ފުރުސަތާއި،
ބޭރުގެ ފަރާތްތައް ހިމެނޭ ކުންފުނިތަކުން ރާއްޖޭގެ ބިންތައް ޓެކްސް
ދެއްކުމަކާނުލާ އަމިއްލަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން ނިމި ރައްޔިތުންގެ ބާރުވެރިކަން ނެތުން
އިގްތިސާދީ ހާއްސަ
ސަރަޙައްދެއްގެ ގޮތުގައި ރަށެއް/ފަޅެއް ނުވަތަ ރަށްތަކެއް ކަނޑައެޅުމަށްފަހު، އެ
ސަރަހައްދެއް ނިސްބަތްވާ ކައުންސިލްގެ އެއްވެސް ބާރެއް އެ ސަރަހައްދަށް ނުހިނގާނެ އެވެ.
އަދި އެރަށްތަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބުމުގެ ބަދަލުގައި
ލިބޭނީ އިންވެސްޓަރުންނަށާއި މައި ސަރުކާރަށެވެ. ކައުންސިލަށް އާމްދަނީ
ހޯދޭނެ ގޮތް ބަންދުވުމުން، ކައުންސިލްތައް ބާރުވެރިވުމުގެ ބަދަލުގައި
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން މިހާ ހިސާބުން ނިމުމަކަށް
އައީކަމަށް ބެލެވިދާނެ އެވެ. މިފަދަ ގިނަ އިނާޔަތްތަކަކާއެކު ފުރުސަތު
ހުޅުވާލުމުން، ގިނަ އަދަދެއްގެ ރިސޯޓް އިންވެސްޓްމަންޓްސް ރާއްޖެއަށް
ލިބިގެންދާނެއެވެ. ނަމަވެސް ސަރުކާރަށް ޓެކްސްގެ ގޮތުގައި އެއްވެސް
އާމްދަނީއެއް ނުލިބި، މިކަމުން ރައްޔިތުންނަށް ކުރާނެ ފައިދާއާ މެދު ސުވާލު
އުފެދެ އެވެ. އަދި މިފަދަ ތަންތަނުގައި ވަޒީފާއަދާކުރުމަށް ބޭރުގެ
މީހުން ގެނައުމަށް ވަކި ހައްދެއް ނެތުމުން، ދިވެހިންނަށް ވަޒީފާގެ ފުރުސަތު
ލިބޭނެތޯ މީކުރެވޭ ސުވާލެކެވެ.
ސަރުކާރުގެ އާމްދަނީ މަދުވެ މުއްސަދިން މުއްސަނދިވެ ފަގީރުން އިތުރަށް ފަގީރުވުން
ސަރުކާރަށް އާމްދަނީ ލިބޭ
މައިގަނޑު ވަސީލަތަކީ ޖީއެސްޓީ އަދި ބީޕީޓީ އެވެ.
އިގްތިސާދީ
ހާއްސަ ސަރަހައްދުތަކަށް ދެވޭ އިނާޔަތްތަކުގެ ދަށުން، ޖީއެސްޓީ އަދި
ބީޕީޓީ ދައްކަން ނުޖެހުމުން ސަރުކާރަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް މަދުވެގެން
ދާނެއެވެ. އަދި ސަރުކާރަށް ލިބޭ ޑޮލަރު އާމްދަނީވެސް މަދުވެ، ޑޮލަރު
ބޮޑުއަގުގައި ގަންނަން ޖެހުމަކީ ވަރަށް ގާތްކަމެކެވެ. ޖީއެމްއާރު އަށް
އެއާޕޯޓް ދިނުމުން ސަރުކާރަށް ޑޮލަރު ލިބޭ މައިގަނޑު ވަސީލަތް ބަންދުވިގޮތަށް،
ޓޫރިޒަމް އިން ނަގާ ޓެކްސްތައް މާފުކުރުމުން، ރިޒޯޓް ތަކުން
ސަރުކާރަށް ލިބޭ ޑޮލަރުގެ ބޮޑުބައެއް ލިބުން ހުއްޓިގެން ދާނެއެވެ
ރާއްޖޭގެ ހުރިހާ ބިމެއް މަދު ބައެއްގެ މުދަލަކަށް ވެ މުސްތަގްބަލްގެ ވިޔަފާރި ހުރިހާ ފުރުސަތެއް އެމީހުންގެ އައްމައްޗަށް!
އިގްތިސާދީ ހާއްސަ
ސަރަޙައްދުތަކަކީ ބިންގަނެގެން ބިން 99 އަހަރަށް އަމިއްލަކުރުމުގެ ފުރުސަތު އޮތްކަމަކަށް
ވުމުން، ރާއްޖޭގެ ގިނަ ސަރަހައްދުތަކެއް ހުންނާނީ މުއްސަނދި މަދު
ބައެއްގެ އަށްދަށުގަ އެވެ. ރާއްޖެފަދަ ފަޤީރުންނާއި މުއްސަނދިންގެ ފަރަޤު ބޮޑު
ޤައުމެއްގައި މިކަމުގެ ސަބަބުން ފަޤީރުން ފަޤީރުވެ، މުއްސަނދިން
މުއްސަނދިވުން އިތުރުވެގެން ދާނެއެވެ. ބިމަކީ ރާއްޖޭގައި ތަދު އެއްޗަކަށް
ވެފައި، ހުރިހާ ބިމެއް މަދު ބަޔެއްގެ އަމިއްލަ ތަރިކަ މުދަލަށް ވުމުން،
މުސްތަޤްބަލްގައި ވިޔަފާރި ކުރުމުގެ ފުރުސަތު އޮންނާނީ މަދު ބައެއް
އަތްމަތީގަ އެވެ.
ރާއްޖެ މުޖުރިމުންގެ އަތްދަށަށް!
އިގްތިސާދީ ހާއްސަ
ސަރަޙައްދުތަކުން ފައިސާ ބޭރުކުރުމާއި ގެނައުމުގައި ރާއްޖޭގެ
އެއްވެސް މުއައްސަސާއަކުން ހުއްދަ ނަގަން ނުޖެހޭގޮތަށް އޮތުމަކީ މިފަދަ
ތަންތަނަށް ޓެރަރިސްޓުންނާއި ބައިނަލްޢަޤްވާމީ މުޖުރިމުން ކަޅިއަޅާނެ
އަދި މިކަމުގެ ނާޖާއިޒު ފައިދާ ނަގާނެ ކަމެއްކަން ތާރީޚް ހެކިދެއެވެ.
މިފަދަ އިގްތިސާދީ ހާއްސަ ސަރަޙައްދުތައް ހަދާފައިވާ ޝީޝަލްސް، ބްރިޓިސް
ވަރޖިން އައިލެންޑްސް ފަދަ ޖަޒީރާ ގިނަ ޤައުމުތަކަކީ ވަގު ވިޔަފާރި
އާއި، ކަޅު ފައިސާ އަދި މުޖުރިމުން ފައިސާ ރައްކާކުރާ ހާލިތަކަށް ވަނީ
ވެފައެވެ.
No comments:
Post a Comment