Showing posts with label Bridge. Show all posts
Showing posts with label Bridge. Show all posts

Friday, July 24, 2015

ރާއްޖެ ވިއްކުމަށްޓަކާ ރާއްޖެތެރޭ މީހުން ޖަލެއްްގައި ގައިދުކުރުމަށް އަޅައިދޭ ފާލަމެއްގެ ވާހަކަ!





ދިވެހިމަސްކައި، ދިވެހިލޭ ހިނގާ ދިވެހިދަރިއަކަށް ރާއްޖޭގެ އުތުރާ ދެކުނުގައިވާ މާސިންގާ ބޮޑެތި ރަށްތައް ތަރައްގީނުކޮށް 300މިލިއަން ޑޮލަރު ބްރިޖަކަށް ހުސްކޮށްލަން ކެރޭނެތޯއެވެ؟



ހުޅު-މާލޭ 300 މިލިއަން ޑޮލަރުގެ ބްރިޖަކީ މާލޭގައި އޮތް ސަރުކާޜުން ރާއްޖެތެރެއާ މެދު ގެންގުޅޭ ރޭސިސަމްއާ ތަފާތުކުރުމުގެ އެންމެ އަލިގަދަ ހެއްކެވެ. މި ބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހުންގެ ލެއިން، ރެއާދުވާލު ކުރާ މަސައްކަތުން ދައްކާ ޓެކުހުންނާ އެންމެހާ ރައްޔިތުންގެ މުދަލުން (ރަށްތައް) ނެވެ.ރާއްޖޭގެ ރަށްތަކަކީ ދިވެހިންނަށް އެކަނލާގެ ދެއްވި ރިޒުގު ކަމަށްވިޔަސް، ރަށްތައް ދީގެން ހުޅުމާލޭ ބްރިޖް އެޅުނަސް، ރަށްތައް ދީގެންހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރެވޭ ކަމަކަށް، ކުޅުދުއްފުށީ އެއަރޕޯޓް ހެދޭ ކަމަކަށް،  މުޅި ރާއްޖޭގެ ފެރީ ނިޒާމް ހިންގޭ ކަމަކަށް، އުތުރާ ދެކުނުގެ ޓާރޝަރީ ހޮސްޕިޓަލް ހެދޭކަމަކަށް ނުވިއެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ އެއީ ހަމައެކަނި ގްރޭޓަރ މާލެއަށްޓަކާ އޮތް އެއްޗެެއް ކަހަލައެވެ.



ރާއްޖެތެރޭ މީހުން ބޭނުންވަނީ ބްރިޖެއްތަ؟



ސަރުކާރުން ހީކޮށްގެން އުޅެނީ ރާއްޖެތެރޭމީހާވެސް ވޯޓުލީ މާލޭގައި 300މިލިއަންޑޮލަރު ބްރިޖެއް އަޅަންކަމަށެވެ.ސުވާލަކީ ރާއްޖެތެރޭ މީހާ؛ އަނގަމަތި ދޯންޏެއްގައި ވިހަން ޖެހޭއިރު، ދަރިފުޅު ލައިބްރަރީ ނެތް ސުކޫލަކަށް ދާއިރު، މަހުމުސާރައަށް ލިބޭ 3000 ރުފިޔާއިން 2000 ރުފިޔާ ކުއްޔަށް ދައްކާއިރު، އަނބިދަރިން ކައިރިއަށް ރަށަށް ދިއުމަށް ޓެކްސް ދައްކަން ޖައްސާފައިވާއިރު، ޔޫރިން ޓެސްޓް ހަދަން އެންމެ ކައިރި ހޮސްޕިޓަލަށް ދާން 2000 ރުފިޔާ ހޭދަކުރަން ޖެހޭއިރު، ލޭޓެސްޓް ހަދަން ޖެހިއްޖެނަމަ މާލެ ދިއުން ނޫން ގޮތެއް ނެތްއިރު، ރާއްޖެތެރެމީހާއަށް ބޭނުންވަނީ ހަމަ މަލޭ ބްރިޖެއް ތޯއެވެ؟



ބްރިޖުން ފައިދާކުރާނެއެވެ. އެކަމަކު އެ ފައިދާ ކުރާނީ ކޮންބަޔަކަށްތޯ ނާހާށެވެ!

ބްރިޖުން ރާއްޖެތެރެ މީހާއަށްވެސް ފައިދާ ކުރާނޭ ބުނާއިރު ރާއްޖެތެރޭމީހާ މާލޭގައި ބްރިޖެއް އަޅައިދޭށޭ،ބުނީ ކޮންއިރަކުތޯއެވެ؟ މީހުން ދިރިއުޅޭ ރާއްޖޭގެ ބޮޑެެތި ބިންތައް ހުއްޓައި އެތަންތަން ތަރައްގީ ނުކޮށް ބިންނެތް ތަނަކުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ބިންހިއްކުމުން، އެބިން އަގުބޮޑުވެ ވަކި ބަޔަކަށް ނޫނީ ނުލިބުމުގެ ސަބަބުން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހޯދާ ފައިސާ ގެދޮރުވިޔަފާރިކުރާ ސަރުކާރުގައި އުޅޭ ވިޔަފާރިވެރިންނާ އަދި އަމިއްލަ ވިޔަފާރިވެރިންގެ ޖީބުތެރެއަށް ފަސޭހަކަމާއެކު ވަދެގެން ދިއުމަކީ ފައިދާއަކަށް ވާނަމަ އެއޮތީ ފައިދާވެފައެވެ. އެހެންގޮތަކަށް ބުނާނަމަ ރައްޖެތޭރޭމީހާ ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު ކުލީގެ ނަމުގައި ފޭރުމަކީ ވަރަށް ބޮޑު ނަފާއާ ފައިދާ މަދު ބަޔަކަށް ލިބޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުލީގެ އަޅުވެތިކަމެއްގައި ރާއްޖޭގެ އެތައް ރައްޔިތަކު ޖެއްސުމާއި،  އެރައްޔިތުން ދިގުމުއްދަތަކަށް އަޅުވެތި ކުރުމުގެ ފައިދާވެސް ވެރިކަމުގައި ގިނަދުވަހު ތިބެން ބޭނުން ބަޔަކަށް ނެގުނީއެވެ.




އެހެންކަމުން ހުޅުމާލެއާ މި ބްރިޖަކީބިންވެރި މަހުޖަނުން އިތުރަށް މުއްސަނދި ވެލުމަށް ސަރުކާރުނަމުގައި ޖަހާދަންތުރައެެކެވެ. ދިގުމުއްދަތުގަ ހުރިހާޚަރަދެއް އަދާކުރާނީ ރާއްޖެތެރޭ ރައްޔިތުންގެ ލެއިންނެވެ. އަދި ބޯނަސްއެއްގެ ގޮތުގައި ފަޅުވާރާއްޖެތެރޭގެ ރަށްތައް އެމީހުން ހޯދާ ވިއްކާ ކުއްޔަށްދީގެން މިލިއަނުން ފައިދާ ނެގޭނެއެވެ. 



އެތައް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ހާލަތު!



ރާއްޖެއަށް އެންމެ ބޭނުންވަނީ ބްރިޖެއްކަމަށް ސަރުކާރުން ނިންމި ނިންމުން ބިނާކުރިދިރާސާ ހޯދަން އުޅެއުޅެ ނުފެނުނެެވެ. ވުޖޫދުގައި ނެތް އެއްޗެއް ނުފެންނާނެތާއެވެ. އެފަދަ ބޮޑު ޚަރަދެއް ތަންދޮރު ދަންނަ މީހުން ކުރާނީ ދިރާސާތަކަކަށް ފަހު ރިޕޯޓްތަކެއް ލިއެ އޭގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ އެވެސް ހޯދަން އުޅެވެނީއެވެ. ނަމަވެސް އެހޯދަން އުޅުނުވަރަކަށް ފެންނަނީ ރާއްޖޭގެ ހާލަތާ ތަރައްގީކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ހަދާފައިވާ އެެތައް އެތައް ރިޕޯޓްތަކާ ދިރާސާތަކެކެވެ ކަމުގެ މާހިރުން އެކި ފޯރަމްތަކުގައި ދައްކާފައިވާ ހަގީގަތްތަކެވެ. ޝާއިއުކޮށްފައިވާ ރާއްޖޭގެ ހާލަތު އަންގައިދޭ  މަޢުލޫމާތަށް ބަލާއިރު




·        ރާއްޖޭގެ އާބާދީގެ 1/2 އެއްބައިމީހުން ދިރިއުޅެނީ ސާފު ބޯފެނާއި ނަރުދަމާ ނެތިއެވެ.

·        ރާއްޖޭގެ އާބާދީގެ މަސައްކަތްކުރަންޖެހޭ މީހުންގެ 1/2 އެއްބައިމީހުން ތިބޭ ވަޒީފާނެތިއެވެ.

·        ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 61000 ހާސް ކުޑަކުދިންނަކީ ފަގީރުންނެވެ.

·        ރާއްޖޭގައި އެކަށޭނެ ރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއްނެތެވެ.، ދަތުރު ފަތުރަކީ އިގްތިސާދުގެ ލޭނާރެވެ.

·        ރާއްޖޭގައި އެކަށޭނަ ސިއްޙީ ނިޒާމެއް ނެތިގެން ކައިރީގައި އޮތް ޓްރިވެންޑްރަމްއާ ކޮޅުނބަށް ރައްޔިތުން ދާން މިލިއަނުން ޚަރަދު ކުރުއެވެ.

·        ރަށްރަށުގައި ރަށްވެހި ކަމުގެ އުމުރާނީ ތަރައްގީއެއް އެންމެ އަސާސީ ފެންވަރުގައިވެސް ނެތުމުން މަގުފެންގަޑުގައި ބަކަތަޅާފައި މަދިރީގެ ތެރޭގައި ދަރިން ސުކޫލަށް ފޮނުވަންވަނީ ޖެހިފައެވެ. ވަޒީރު ވަޑައިގަންނަވާއިރަށް މަގު ފަސްގަޑު ޖަހާ ފެންހިންދާ ރަށުތެރެ ފޮގް ކުރީމާހުރިހާކަމެއް ފުރިހަމަވީކަމަށް ދެކޭ ކަހަލައެވެ.

·        ސަރަހައްދީ ތަރައްގީއަށް އިސްކަން ނުދިނުމުން ގިނަބަޔަކު މާލެ ހިޖުރަކުރުމުގެ ސަބަބުން އަތޮޅުތައް ވަނީ ވީރާނާވެފައެވެ. އަސާސީ ޚިދުމަތަށްޓަކާ މާލޭގައި ކުދިކުދި ތަންތަން ކުއްޔަށް ހިފައިގެން އުޅެން ވަނީ ރާއްޖެތެރެ މީހާއަށް މަޖުބޫރުވެފައެވެ.

ހައިރާންވާ ކަމަކީ މިކަންކަމަށް އަލި އަޅުވާލައި، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބިން ނެތުމެއް ނޫންކަމަށާއި ނަމަވެސް ސިޓީ ފެންވަރުގެ އާބަން ޚީދުމަތްތަކެއް މާލެ ފިޔަވާ އެހެން އެއްވެސް ސަރަހައްދުތަކުގައި ދެވިފައި ނެތުން ކަމަށް ކަމުގެ މާހިރުން، ލިއެފައިވާ ލިއުންތައް ފެންނަ މީހަކު ސަރުކާރުގަޔާ މަޖިލީހުގައި ނެތްކަމެވެ!



ރައްޔިތުންނާ އަޅާލާ ގައުމުތަކުން ބްރިޖްފަދަ ކަންކަމަށް ހޭދަކުރަނީ...



މިލިއަން ޑޮލަރު ހޭދަކޮށްގެން ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކުން ބުރިޖުއަޅަނީ ގައުމުމުއްސަނދިވެ އަސާސީ ޚިދުމަތްތައް ފުރިހަމަވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގު ރައްޔިތުންނަށް ހޯދައިދިނުމަށްފަހު އެވެ. މިބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހާ ކުރާ ބުރަމަސައްކަތުން ނަގާ ޖިޒީން (ޓެކްސް) އިންނާއި ފަޅުރަށްތައ،ް ބްރިޖްއަޅާ ބަޔަކަށް ދިގުމުއްދަތަކަށް ދީގެން ކަމަށްވާއިރު ރާއްޖެތެރޭ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިންނާ އަތޮޅުގެ ރަށްތަކުން މާލޭ ބްރިޖަށް ފައިސާ ދައްކަންދެން ބަލަން ހަމަ ތިބޭނީތޯއެވެ؟



ގްރޭޓަރމާލެއަށް މީހުން ތޮއްޖަންސަން ބޭނުންކުރުމުގެ ބަދަލުގައި އެއަތޮޅެއްގެ ރަށްތަކަކީ އެއަތޮޅެއްގެ ތަރައްގީއަށް ބޭނުންކުރާ އެއްޗަކަށް ހެދުމަކީ ރައްޔިތުންގެ  ޒިންމާއެކެވެ. ރަށުން ދައްކާ ޓެކްސްއިން ބައެއް ރަށަށް، އަތޮޅު ވިޔަފާރިތަކުގެ އާމްދަނީޓެކްސް އިން ބައެއް އަތޮޅަށް ހޯދާ އަތޮޅު ތަރައްގީކުރަން ރާއްޖެތެރޭ މީހުންނިކުންނާނީ ކޮންދުވަހަކުންތޯއެވެ؟





300 މިލިއިން ޑޮލަރުން ކުރަންވީ ކޮންކަމެއް؟

މިއި އަޅުގަނޑުމެން އަމިއްލައަށް ބުނާވާހަކަ ތަކެއް ނޫނެވެ. މިއީ ވޭތުވެ ދިޔަ ސަރުކާރުތަކުންވެސް ކުރަން ރާވާ އަދި ވަޒީރުން ފެންވަރުގައި އިއުލާންކޮށް އަދި ބައެއްކަންކަމަކީ ފަށާ ރާއްޖެތެރެއަށް ޚާއްސަ ބަރަވެލި ސްޕީޑްގައި ގެންދާ ކަމަށް ބުނާ ކަންތައްތަކެވެ.

·        ގައުމުގެ އިގްތިސާދަށާއި ގިނަ ރައްޔިތުންގެ ދިރިއުޅުން އުތުރާއި ދެކުނުގައި 2 ނުވަތަ 3 ސިޓީ ތަރައްކޮށް މާލެ އަންނަ ފަދައިން، ޚިދުމަތަށް އެތަންތަނަށް ފަސޭހައިން ދެވޭނެގޮތް ހެދުން. (ލ. ގަން ހުޅުމާލޭ ފެންވަރަށް ތަރައްގީ ކުރުން އިއުލާންކުރި)

·        ދަތުރުފަތުރުގެ ނިޒާމުން ރައްތައް ގުޅާލުން، ކަނޑާ ވައިގެ ދަތުރު ފަތުރު ސަރަހައްދީ ފެންވަރުގައިވެސް ވަރުގަދަ ކުރުން (މިކަމަށް އޭޑީބީގެ އެހީ ލިބި އެހީއަށް ވީގޮތެއް ނޭނގެ!)

·        ހަނިމާދޫ  އިންޓަރނޭޝަނަލް އެއަރޕޯޓް، ގަން އިންޓަރނޭޝަލް އެއަރޕޯޓް ފަތުރުވެރިން އަންނަ ގައުމުތަކުން ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް މަތިކޮށް ތަރައްގީކުރުން

·        އުތުރާ ދެކުނުގައި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލް އަޅާ ޚާއްސަކޮށް ދިވެހި ދަރިން ސިއްހީ ދާއިރާއިން ތަމްރީންކޮށް މިތަންތަން ހިންގުން. (ކުޅުދުއްފުށީ ހޮސްޕިޓަލް ފެންވަރު މަތިކުރަން އިއުލާން ކުރި،  ސ. ހިތަދޫ ހޮސްޕިޓަލް 15އަހަރު ވީއިރުވެސް ފެށިގެން ކުރިއަށް ދާ ނިމުމެއް ނުވާ ޕްރޮޖެކްޓް)

·        މާލެއަށް ކުލި ޖިޒީ ނުދައްކާ މަތީ ތަޢުލީމާއި ފަންނީ ތަމްރީން އުުތުރާއި ދެކުނުގައި ލިބޭނެ ގޮތް ހެދުން (ހދ. ނޮޅަވަރަން ފަރު ޓްރެއިނިން ރިސޯޓް، ލ. ގަމު ޑްރީމް ކެމްޕަސް ފަދަ ފަށަން ރާވާ އިއުލާންކޮށްފައިވާ ޕްރޮޖެކްޓްތައް ރާއްޖެތެރެއަށް ވުމާއެކުގޫގްލް ސްޕީޑްގައި އަދިވެސް ފެށޭގޮތް ނުވެފައި)

މާލޭގައި އޮތް ސަރުކާރަކުން މިކަން ކޮށްދެވޭނެކަމަށް ބަލައިގެން ތިބޭތާ މިގައުމަށް ވީހާ ދުވަހެއް ވެއްޖެއެވެ. ރާއްޖެތެރޭ މީހުން ސަލާންޖަހަން ތިބެން ބޭނުންނުވާނަމަ، މިހާރު އޮތްގޮތަކީރަށާ އަތޮޅުގެ އަސާސީ ކަންކަންކޮށް ތަރައްގީ ކުރެވޭނެ ބާރު ރައްޔިތުން ހޯދުމެވެ. ރައްޔިތުން ބާރުވެރިކުރުވާ އަތޮޅު ތަރައްގީއަށް ހުރަސް ނާޅާނ،ެ ކޮންމެކަކަށް މާލެ އަންނަން ނުޖެހޭނެ ގޮތަށް ސިޔާސަތު ރާވާ ހިންގާނެ، މެމްބަރުންނާ ސަރުކާރެއް ހޯދުމެވެ.



Monday, June 29, 2015

ހުޅުމާލޭން ފްލެޓަކަށް ނުލަންތަ؟






ރަހުމަތްތެރިޔާ: ކޮބާ ހުޅުމާލޭ ފްލެޓަކަށް ނުލަންތަ.

އަހުރެން : އާ ނުލަން

ރަހުމަތްތެރިޔާ: އެވަރުގެ ބޮޑު ފުރުސަތެއް ދޫކޮށްލާކަށް ނުވާނެއެއްނު

އަހުރެން : ކޮބާ ފުރުސަތަކީ 


ރަހުމަތްތެރިޔާ:  އެތާނުން ހުރިހާ ކަމެއް އޮންނާނީ

އަހުރެން :ކޮންކަމެއް


ރަހުމަތްތެރިޔާ:  ރަގަޅު ހޮސްޕިޓަލާ، ސުކޫލާ، ވިޔަފާރި ތަންތަނާ ރީތި މަގުތަކާ،... 


އަހަރެން: ކަލޭ ޓެކްސް ދައްކަންތަ މާލޭގައި އޮތް ސަރުކާރަށް

ރަހުމަތްތެރިޔާ: ބަރާބަރަށް ދައްކަން މިރާއަށް

އަހަރެން: ތިޔަ އަތޮޅުގައި ކިތައް ފަޅުރަށް އެބައޮތްތަ؟

ރަހުމަތްތެރިޔާ: 100 ވުރެ ގިނަވާނެ ބައިވަރު..، މިހާރު 2 ރިސޯޓްވެސް އެބައޮތް. އިތުރު 5 ރިސޯޓް ހުޅުވުމުގެ މަގުމަތީ އޮތީ

އަހަރެން: ކަލޭގެ އަތޮޅަށް ކިހާލާރިއެއް ވަންނާނެ ކަމަށް ލަފާކުރެވޭތަ

ރަހުމަތްތެރިޔާ:  ތިބުނީ:

އަހަރެން: މިބުނީ ތިޔަ ރިސޯޓްތަކުންނާ ކަލޭ ދައްކާ ޓެކުހުންނާ އަތޮޅު ތެރޭގައި ކިހާ އާމްދަނީއެއް އުޅޭނެތަ:

ރަހުމަތްތެރިޔާ:  މިލިއަން ޑޮލަރަށް ވުރެ މަދެއް ނުވާނެ. އަނެއްކާ ދަނޑުވެރިކަން ކުރަންވެސް މިހާޜު 4 ފަސް ރަށެއް ދީފިއޯ!

 އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟ ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟


އަހަރެން: އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟ ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟ މިލްކުވާއިރު ކޮށި އޮންނާނީ ބާވެފައި! ދެން ކަލޭ ރަށްދޫކޮށް ފްލެޓްވީމާ އެރައްތައް ކުއްލިއަކަށް ރަނަށްވެ
މަހުޖަނުން އަނެއް މިލިއަންޑޮލަރު ޖަހަން ދޭނީތަ؟


ރަހުމަތްތެރިޔާ: އެކަމަކު ސަރުކާރުން އަހަރެމެން ރަށްތަކެއް ތަރައްގީއެއް ނުކުރާނެ!


އަހަރެން: އެހެންވިއްޔާ ރަށްތައް ތަރައްގީކުރާނެ ސަރުކާރެއް ނުހޯދާ ނޫނީ އެކަން ކުރުމުގެ ބާރު ކަލޭ ނުހޯދާ ކޮންހާ އަނގައެއް ތިޔަ ތަޅަނީ! 




Friday, November 21, 2014

ހުޅުމާލެ/މާލެ ބްރިޖް - ރައްޔިތު މީހާއަށްޓަކައި…






ދިވެހި ދައުލަތުގެ ބަޖެޓް އެތައް ތަނެއް ބޮޑުވެ، ނިމިގެން މިދާ އަހަރު މި ކުޑަކުޑަ އެކަމަކު މުއްސަނދި ޤަޢުމުގެ ތިން ލައްކައެއްހާ ކުޑަކުޑަ އާބާދީގެ ކޮންމެ ބޮލަކަށް -/90000 ރުފިޔާއަށްވުރެ ބޮޑު ދަރަންޏެއް މަތިކޮށްފައި ދާއިރު މިކަން ކުރި ފަރާތްތަކުން މިކަމަށް ޖަވާބުދެނީ ކޮންގޮތަކަށްތޯއެވެ؟ ކޮންމެ އަހަރެއްވެސް ނިމިގެންދާއިރު ސަރުކާރު ހިންގަން ތިބޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި އެތައް ރައްޔިތުންނެއްގެ ލޮލުގައި ކުލަކުލަ އަރާ އެތައް އަނދުނެއް އަޅުވައެވެ. ކޮންމެވެސް ރަށެއްގައި ފުޓްސަލް ދަނޑެއް ރޭނި ވާހަކައެއް ނޫނީ ކޮންމެވެސް ރަށެއްގެ ސަހަރާއެއްގެ ވަށާފާރެއް ރޭނި ވާހަކަ ނޫންނަމަ ކޮންމެވެސް ރަށެއްގެ މަގުމަތީގައި ހުރި އަޑިގުޑަންތައް ވަގުތީގޮތުން ފިލުވާލި ވާހަކަ އެކިއެކި މީޑިއާތަކުން ރިޕޯރޓް ނުކުރާ ދުވަހެއް ނުދެއެވެ. އަހަރު ނިމިގެންދާއިރު، އޯލެވެލް އޭލެވެލް ނިންމާ ދިހަވަރަކަށް ހާސް ކުދިންގެ ތެރެއިން މަތީ ތަޢުލީމަށް ކިޔަވާނެ ފުރުޞަތު ނުލިބިގެން ތަޢުލީމީ ޙަޔާތް ނިންމާލާ ކުދިންނާއި، މަސްތުވާތަކެތީގެ އަވައިގައިޖެހި ހަފުސްވާން ދާ ކުދިންނާއި، މައިންބަފައިންގެ ކިބައިގައި ދަރިފުޅަށް މަތީ ތަޢުލީމު ފޯރުކޮށްދެވޭވަރުގެ ޤާބިލްކަމެއް ނެތުމުގެ ސަބަބުން މައިންބަފައިންގެ ހައިހޫނު ފިލުވުމަށްޓަކައި އަދި ޢާއިލާގެ މެމްބަރުންނަށްޓަކައި ޒުވާން ޢުމުރުގައި އާމްދަނީ ހޯދުމަށްޓަކައި ކޮންމެވެސްކަހަލަ މަސައްކަތެއް ކުރަން ޤުރުބާންވާ އެތައް ސަތޭކަ ޒުވާނުންނެއް ތިބި އިރުވެސް އަޅުގަޑުމެންގެ ބެލެނިވެރި ފަރާތަށް މުހިންމުވެފައި މިއަދު މިއޮތީ 10 ވަރަކަށް މިނެޓްގެ ދަތުރެއް ކުރަންޖެހޭތަނަކަށް ކުޑަކުޑަ ބްރިޖެކޭ ކިޔާ އެއްޗެއް އެޅުމުގެ ހުވަފެނުގައި ބިލިއަނުން ރުފިޔާ ޚަރަދުކުރުމެވެ.  

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބްރިޖް އަޅާފައިވަނީ ކީއްވެގެންތޯއާއި އެ ބްރިޖެއްގެ ސަބަބުން ހުޅުވިގެންދަނީ އިޤްތިޞާދީ ކޮންކޮން ދޮރުތަކެއްތޯ ބަލާ އެތަކެއް ދިރާސާތަކެއް ހަދައެވެ. ހައެއްކަ ގަޑިއިރު އެއްގަމުމަގުން ނުވަތަ ކަނޑުމަގުން ހުރަސްނުކުރެވޭ ކަހަލަ ތަންތަނުގައި އެ ޤަޢުމުތަކުން ބްރިޖް އަޅާފައި ހުންނަނީ، އެ އަވަށެއްގެ ނުވަތަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށްފައެއް ނޫނެވެ. 

ތަފާތުކުރުންތަކުގެ ފެށުން…



ވެރިރަށް ފުރަމާލެ މީގެ އެތައް އަހަރެއްކުރިން ފެށިގެން ތޮއްޖެހެން ފެށުމުން ދައުލަތަށް މުހިންމުވީ އެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އެ ކުޑަކުޑަ ބިމުގައި މަތިމައްޗަށް އިމާރާތްތައް ކުރުމުގެ ފިޔަވައްސެއް ފެށުމަށެވެ. މިގޮތުން މާލޭގައި ސިނަމާލެ ފްލެޓް އަދި ވިލިގިލިން ގޯތި ދޫކުރުމުގެ ފިޔަވައްސެއް ކުރިއަށް ގެންދިޔައެވެ. އިސާހިތަކު މި ހުރިހާތަނެއް ތޮއްޖެހި އަނެއްކާ އިތުރު ސިނަމާލެތަކާއި ވިލިގިލީގައިވެސް ފްލެޓްތަކެއް ޢިމާރާތްކުރެވި، މާލޭގެ ދަފްތަރުގައި ޖެހިގެން މާލޭގެ ރައްޔިތުންނަށްވި ރާއްޖެތެރޭ ބައިކުޅަނދު މަދު މީހުންނަށް މަދުން އަދި މާލޭގެ ގޭގޭގައި ރަޖިސްޓްރީވެގެން ތިބި ޙަޤީޤަތުގައިވެސް މާލޭ މީހުންތޯ ސުވާލު އުފެދޭ ބަޔަކަށް ގިނައިން މާކްސް ލިބޭ ގިންތިތަކެއް އެކުލަވާލާ އިސާހިތަކު މިހުރިހާ ތަނެއްވެސް ވިކި ހުސްވެއްޖެއެވެ. އޭރުވެސް ދިވެހީންގެ ގިނަ ބަޔަކު ކަމުގައިވާ ”ރާއްޖެތެރޭ މީހުން“ ތިމަންމެންނާއި މެދު އިންސާނީ އުސޫލްތަކާއި ދިވެހި ޤާނޫން އަސާސީއާއި ޚިލާފަށް ތަފާތުކުރުން ތަކެއް ގެންގުޅުނު ކަމުގެ ތުހުމަތެއްވެސް އަދި އެކަމުގެ ޝަކުވާއެއްވެސް ކޮށްފައި ނުވެއެވެ. ރާއްޖެތެރޭ މީހުންނަށް ނިޞްބަތްކޮށް ދެރަކޮށްލުމުގެ ގޮތުން ކިޔުނު މި ނަމާއި ގުޅިގެން ފެތުރެމުން ދިޔަ އޮއިވަރު ނިމުނު އިރު ރާއްޖޭގެ ޤާނޫން އަސާސީއާއި އެއިން ބާރު ލިބިގެން ހެދުނު ހުރިހާ ޤަވާޢިދުތަކެއްގައިވެސް ކަޅާއިހުދުން ލިޔެވެމުން ދިޔައީ މިފަދައިންނެވެ. ”ރާއްޖެތެރޭގެ ރަށްތައް އަދި ރާއްޖެތެރޭ މީހުން“ މިފަދަ ޢިބާރާތްތަކުންނެވެ. ދިވެއްސަކަށް ވެވެނީ ހަމައެކަނި ވެރިރަށް ފުރަމާލޭގައި ދިރިއުޅޭ ބަޔަކަށް އެކަނިކަމަށް ހީވާފަހަރުވެސް މަދެއް ނޫނެވެ. މި ތަފާތުކުރުންތަކާއި،  ހިތްދަތިކަމާއި ވޭނުގައިވެސް ރަށްރަށުން އެތައް ހާސް ބަޔަކު ކެނޑިނޭޅި ފުރަމާލެއަށް ހިޖުރަކުރި ކުރުމަކަށް ބަދަލެއް ނައިސް ކުރިޔަށް ދިޔައެވެ. 

ހިތްދަތިވިޔަސް، ކިތަންމެވަރަކަށް ހިތް ނޭދުނަސް އަސާސީ ހުރިހާކަމަކުން ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން މަޙްރޫމްކުރެވިފައިވާހިނދު، އަސާސީ ޚިދުމަތްތަކާއި ނުލައި ދިރިއުޅެން ދަތިވާނެކަން އަޅުގަޑުމެން އެންމެންނަށްވެސް އެގެއެވެ. މި ހުރިހާކަމެއް މާލޭގައި ފުރިހަމަކޮށް އެކަންކަން މާލެއިން ބޭރު ނުވެ އެހެންތަނަކަށްވެސް އެ ހުރިހާ ޚިދުމަތެއް އެއްކޮށް ނުލިބޭނެފަދަ އުސޫލަކުން ކަންކަން ރޭވެމުން ދިޔައެވެ. އެއްކަލަ ރާއްޖެތެރޭ ރައްޔިތު މީހާ ބޮޑު ޚަރަދުކޮށްފައި ވެރިރަށް ފުރަމާލެއަށް ދާން ނުޖެހެނީ ކޮންކަމަކާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ. އެކްސްރޭއެއް ނޫނީ ސީޓީ ސްކޭނެއް ހަދަންވިޔަސް މާލެއެވެ. އައިޑީ ކާރޑެއް ނުވަތަ ޕާސްޕޯރޓެއް ހަދަންވިޔަސް މާލެއެވެ. މަޔަކު ބަފަޔަކު ނުވަތަ ދަރިޔަކުވެސް ރަށުން ލިބެން ނުހުންނަ ކޮންމެ ފަރުވާއެއް ހޯދަންޖެހޭ ކޮންކެ ފަހަރަކު މާލެއަށެވެ. މާލޭގެ ސަރަޙަޢްދުގައި ހިކިފަސްކޮށް ހުރި ހުރިހާ ތަނެއް ފުރިއްޖެއެވެ. އަދިވެސް ތޮއްޖެހުމަކަށް ޙައްލެއް ނާދެއެވެ. ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ބާރަ ސަތޭކައެއްހާ ރަށް އޮތް އިރުވެސް މީހުން އާބާދުކުރާނެ ރަގަޅު ބިމެއް ނެތިގެން ދެން މިރާއްޖޭގައި ފެށްޓީ އިހުނަށްވުރެވެސް ބޮޑު ނިކަމެތިކަމަކާއި އަޅުވެތިކަމަކަށް ރާއްޖެތެރޭގެ ލޮބުވެތި ދިވެހި ރައްޔިތުން މެހިގެން ދިޔަ ބިޔަ ބޮޑު މާސިންގާ ޕްރޮޖެކްޓެކެވެ. އާދެ ގްރޭޓަރ މާލެ ތަރައްޤީކުރުމަށްޓަކައި މި ނިކަމެތި ރާއްޖެތެރޭ މީހާގެ ޖީބުންވެސް ޚަރަދުކޮށްގެން މި ނިކަމެތި މީހާއަށް އެއްވެސް ވަރެއްގެ މަންފާއެއް ނެތް ބިޔަ ބޮޑު ”ހުޅުމާލެ“ އެކޭ ކިޔުނުތަނެއް މާކަނޑުން ހިއްކާށެވެ. 

ހުޅުމާލެއަކީ ޙައްލު… ޙައްލެއް ނޫން…



މާލޭގެ ތޮއްޖެހިފައިވާ ވެށީގައި ދިރިއުޅެމުންދިޔަ އެތައް ހާސް ރައްޔިތުންނަކަށް ހުޅުމާލެ ވީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ސަބަބަކީ މާލެއަށްވުރެ ބިމުގެ ގޮތުން ތަނަވަސްވެފައި، ޕްލޭންކުރެވި އެތަކެއް ދިރާސާތަކެއް ކުރުމަށްފަހު ތިންވަނަ ދުނިޔޭގެ ތަރައްޤީވަމުންދާ ޤައުމުތަކުގެ ސިޓީއެއްގެ ފެންވަރަށް މި ތަން ތަރައްޤީކޮށްދެނީ ޚުދު ދިވެހި ސަރުކާރުތަކުން ކަމަށް ވާތީއެވެ. މާލޭގެ ކަންކަން މަތީގައި ގޯޅި ގޯޅީގައި ބިއްޖެހެމުން ދިޔަ ކޮންމެވެސް ބައެއްގެ ދަރިންތަކެއް ވެރިރަށް ފުރަމާލޭގައި މާފިޔާ ސްޓައިލްގެ ގޭންގްތައް ހަދާ އެ ފެންވަރުގެ ކުށްތައް ކުރާތީވެސް، ހުޅުމާލެ ވީ ޙައްލަކަށެވެ. ފްލެޓް ލިބުނީ ކުރިންވެސް ބުނެވި ދިޔަ ބީދައިން ބައިކުޅަނދު މަދު މީހުންނަށް މަދުން އަދި މާލޭގައި ހުރި ގެތަކުގައި އުޅޭ މާލޭ މީހުންނަށް ގިނައިން މާރކްސް ދީ ކުރިންވެސް މުއްސަނދި މާލޭ މީހުންނަށް އަނެއްކާވެސް އެމީހުންގެ ޖީބަށް އިތުރު ފައިސާ ވެއްދޭނެ ދޮރެއް ހުޅުވިގެންދާނެ ގޮތަކަށެވެ. މިހުރިހާކަމަކުންވެސް ހުޅުމާލޭގެ އަސްލު ތަރައްޤީއަށް ދިޔައީ ހުރަސް އެޅެމުންކަމަށް ސަރުކާރުން ސީދާގޮތެއްގައި ވަކާލާތުކުރަން ފެށްޓިއެވެ. ދިހަ ފަނަރަ ވަރަކަށް މިނެޓްގެ ދަތުރެއް ކަނޑުމަގުން ވެރިރަށް ފުރަމާލެއަށް ކުރަންޖެހޭކަމަށް ބުނެއެވެ. އޭރުވެސް އެއްކަލަ ރާއްޖެތެރޭ މީހުންގެ އެތައް ސަތޭކަ ބަޔަކު 18 ގަޑިއިރުގެ ކަނޑު ދަތުރަކަށްފަހު އެ މާލެއަށް ދަތުރު ކުރަމުން ދިޔައެވެ. ބައެއް ހިސާބުތަކުން އެއަށްވުރެވެސް އަވަހަށެވެ. އެންމެ އަވަހަށްވެސް ދެތިން ގަޑިއިރަށްވުރެ ކުރު ދަތުރަކުން ރާއްޖެތެރޭގައި ދިރިއުޅޭ މީހާއަށް މުހުތާދެއް ފުއްދާލަންވެސް މާލެއަކަށް ނޭރެއެވެ. 

ކަން މިގޮތަށް ހުއްޓަސް ހުޅުމާލޭގައި ދިރިއުޅޭހާ ބަޔަކު ފައިސާ ހޯދާ ދޮރާއްޓަކީ ފުރަމާލެއެވެ. ސަރުކާރު އޮތީ އެތާގައި އެކަންޏެވެ. ވިޔަފާރިތައް އޮތީ އެތާގައި އެކަންޏެވެ. ހުއްޓުމެއް ނެތި ހިނގާ ބައިނަލްއަޤްވާމީ އެއަރޕޯޓެއް އޮތީ އެތާގައި އެކަންޏެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭ ސިއްޙީ ޚިދުމަތްދޭ ތަންތަން ހުރީވެސް އެތާގައި އެކަންޏެވެ. ފުރިހަމަ ތަޢުލީމީ ނިޒާމެއް އޮތީ އެތަނުގައެވެ. އެތަނުގައި ނެތީ ނެތްކަމެކެވެ. ދިހަ މިނެޓުން ފަނަރަ މިނެޓުން ދާންޖެހުންވެސް ވީ ތަކުލީފަކަށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ހުރިހާ ފައިސާއެއް މާލޭގައި ދައުރުވާންޖެހެއެވެ. މިކަން ނުވަންޏާ ދިވެހި ދައުލަތް ހިނގާކަމަކަށް ނުވެއެވެ. އަވަސް ކުރަންވީއެވެ. ދަރާ ވިކިފައި އޮތަސް އެވީ އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ނުއުފުއްލޭވަރުގެ ބުރަ ބޮޑު ދަރަންޏެއް މި ސަބަބަށްޓަކައި ބޮލުއަޅުވާށެވެ. އެކަންކުރަން ފައިސާ ހޯދަން އަނެއްކާ ދައުލަތަށް އިތުރަށް އާމްދަނީ ހޯދަންޖެހުނީ ރައްޔިތު މީހާ ޤުރުބާންކޮށްފައެވެ. ހުރިހާއެއްޗެއް އަގުބޮޑުވީއެވެ. ކާންބޯން ބޭނުންކުރާ ހުރިހާ އެއްޗެކެވެ. އުނު ފޭރާމެވެ. ރީތިވާ ސާމާނެވެ. ފެނާއި ކަރަންޓެވެ. ގެދޮރު ޢިމާރާތްކުރާ ހުރިހާ ބާވަތެކެވެ. ކޮންމެވެސް މީހަކު މި އެއްޗެހި ރައްޔިތުންނަށް ތަންކޮޅެއް އަގުހެޔޮކޮށް ލިބޭނެގޮތަށް ވާހަކައެއް ދައްކާލީތީވެ، އެ މީހާ ވީ ދިވެހި ޤައުމު ދަވާލަން އުޅޭ މީހަކަށެވެ. އެ މީހާ ވީ ދިވެހި ވިޔަފާރިވެރިން ބަގުރޫޓުކުރަން އުޅޭ މީހަކަށެވެ. ވިޔަފާރިވެރިޔާ މިއަންނަ 2015ވަނަ އަހަރު ހުޅުވާލެވޭ ވިޔަފާރިއާއި އިޤްތިޞާދުގެ ލޭނާރުކަމުގައި ބުނެވޭ ސްޕެޝަލް އިކޮނޮމިކް ޒޯނަށްވަދެ ވިޔަފާރިކުރަން ފެށްޓުމުން އެކައްޗެއްވެސް ދައްކާކަށް ނުޖެހެއެވެ. ހުރިހާ ބުރައެއް ނިކަމެތި ރައްޔިތު މީހާއަށެވެ. ރާއްޖެތެރޭ މީހާއަށެވެ. ހުޅުމާލޭގެ ބްރިޖް އެޅެން އެބަޖެހެއެވެ. ދިހަ ފަނަރަ މިނެޓްގެ ދަތުރުގެ ތަކްލީފު ވަރަށްވެސް ބޮޑެވެ. 

ރާއްޖެތެރޭ މީހާގެ ދައުރު…



ރާއްޖޭގެ ދެބިތުގައި ތަރައްޤީގެ ބިޔަ މަޝްރޫޢުތަކެއްގެ ވަޢުދުތަކާއިއެކު ރާއްޖެތެރޭ މީހުންނަށް ފޮނި ހުވަފެނެއް ދައްކާނެކަމުގެ ވަޢުދު ސަރުކާރުންވަނީ ވެފައެވެ. އަސާސީ ހުރިހާ ޚިދުމަތްތަކެއް ރާއްޖޭގެ ދެބިތުން ލިބޭނެކަމުގެ ފޮނި މީރު ހުވަފެނެވެ. ފަތުރުވެރިކަމާއި ސިނާޢީ މަސައްކަތްތަކުގެ ދޮރާށިތަކަކަށް މި ދެބިތް ހަދާނެކަމަށް ޕޯޑިއަމްތަކުގައި ކަރުން ނާރު ނަގާވަރަށް ގޮވާލީމާ، ކޮންމެވެސް ބަޔަކު އުފަލުން ފުމެ ނަށާހަދައެވެ. މި ހުވަފެނުން ހޭލެވުނު އިރު، މީގެ އެތައް އެތައް އަހަރެއް ކުރީންފެށިގެން ޢާންމުކޮށް ކާން ބޭނުންކުރި ހަނޑުލުން 2015 ވަނަ އަހަރު ޑިއުޓީ ނަގާނެއެވެ. ހަކުރާއި ގޮދަނުގެ ބާވަތްތަކުންވެސް ނަގާނެއެވެ. ދުންފަތުންވެސް ނަގައެވެ. ރަލާއި އޫރުމަހުން ޑިއުޓީއަށް ބަދަލެއް ނާދެއެވެ. މަތިންދާބޯޓަކުން ކުރާ ކޮންމެ ދަތުރަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިޔާއެކޭ އެއްފަދައިން އަޅުގަޑުމެންވެސް ޓެކްސް ދައްކަންޖެހެއެވެ. ދުވަސްކޮޅަކުން ޙަލާލު އަނބިމީހާ ނުވަތަ ފިރިމީހާއާއިއެކު ހޭދަކުރާ ވަގުތަށްވެސް ޓެކްސް ދައްކަންޖެހިދާނެކަމަށްބުނެ ދިވެހިން ސޯޝަލް މީޑިއާގައި ގޮވަމުންދިޔަ ގޮވެލިތަކަށް ކޮންމެވެސް ޖަވާބެއް ލިބިއްޖެއެވެ. ބަނޑުފުރާނަ މުއްތިކުރަންވެސް ރާއްޖެތެރޭމީހާ ޓެކްސް ދައްކާނެއެވެ. ޑިއުޓީވެސް ދައްކާނެއެވެ. ގެދޮރު ބޮލަށްވެއްޓެން ކައިރިވެފައި ހުއްޓަސް ރާއްޖެތެރޭމީހާގެ އަތުން މި ހުރިހާ އެއްޗެއް ނެގޭނެއެވެ. ފިނިކޮޓަރިއެއްގައި، އަރާމު އޮފީހެއްގައި އިނދެގެން ކޮންމެ މަހަކު އެތައް ސަތޭކަ މިލިއަނަކުން ޖީބަށް ފައިސާ ވައްދާ މަހުޖަނުވެސް ދައްކަންޖެހެނީ ގެ ބޮލަށްވެއްޓެން ކައިރިވެފައިވާ ރާއްޖެތެރޭ މީހާ ދައްކާ ޢަދަދަށް ޓެކުހެވެ.

މި ޓެކުހަކީ މިހާރު ރާއްޖޭގެ އިޤްތިޞާދުގެ ރަންބިސް އަޅާ ކުކުޅެވެ. ކޮންމެ މަހަކު ބިލިއަނުން ގުނާލައެވެ. ދިހަ ފަނަރަ މިނެޓްގެ ދަތުރުގެ ތަކްލީފު ވަރަށްވެސް ބޮޑެވެ. ބްރިޖް އަޅަން ތިން ބިލިއަނާއި ގާތްކުރާ ޢަދަދަށް ބަޖެޓުގައި ފައިސާ ޖަހައިފިއެވެ. ރައްޔިތުމީހާ (ރާއްޖެތެރޭ މީހާ) ބޮޑުކަމުދަނީ ހަނޑަސްބުރިއަކަށެވެ. ކައިބޮއި ހަދަނީ ނަޖިސް ފެނުންނެވެ. ފެންވަރަނީ ނަޖިސްފެނުންނެވެ. ބަލިވީމާ ޖެހެނީ ޢުމުރުގައި އެއްކުރެވިފައިވާހާ ފައިސާއެއް ޚަރަދުކުރުމަށްފަހު މާލެއަށް ދާށެވެ. އެތަނަށް ގޮސްފައި ބޭސްފަރުވާގެ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ދިރިހުރުމަށްޓަކައި ކުރަންޖެހެއެވެ. ހުރިހާ ލާރިއެއް ހުސްވީމާ ޖެހެނީ އެއްކަލަ ތިމާއާއި އެއްވަރަކަށް ދައުލަތަށް ޓެކްސްދައްކަމުން އިންތިހާ ދަރަޖައިގެ މުއްސަނދިކަން ލިބިފައިވާ މަހުޖަނު ފައިބުޑަށް ސަލާންޖަހަން ދާށެވެ. ފައިސާ ލިބުނިއްޔާ ފަރުވާއެވެ. ނުލިބުނިއްޔާ މަރާއި ބައްދަލުކުރުމަށް އެނބުރި ވަޒަނަށެވެ. އަހަރެމެންގެ ރާއްޖެތެރޭ ރަށަށެވެ. 

ތިބާގެ ރަށުގައި އަޅާލެވޭ ފުޓްސަލް ދަނޑަކުން ނުވަތަ ސަހަރާއެއްގެ ވަށައިގެން ރާނާލެވޭ ފާރަކުން ނުވަތަ އާބާތުރަ ފިލުވާލެވޭ ޢިމާރާތެއްގެ ސަބަބުން ރައްޔިތުމީހާ ބާރުވެރިއެއް ނުވާނެއެވެ. މިކަންކަމުން ހުޅުވިގެންދާ ވަޒީފާގެ ފުރުޞަތެއް ނެތެވެ. ތަޢުލީމުގެ އެއް ހަރުފަތް ނިންމާ އަނެއް ހަރުފަތަށް ވާޞިލުވުމަށްޓަކައި ރާއްޖެތެރޭ މީހާ އިހުނަށްވުރެ ބޮޑު ޚަރަދުކުރަމުންދާއިރުވެސް، ތަޢުލީމީ ބިނާތަކާއި ތަޢުލީމު ފޯރުކޮށްދިނުމުގެ ފާރަވެރިންނަށް ދީފައިވަނީ ދެތިންސަތޭކަ މިލިއަނަށްވުރެވެސް މަދު ޢަދަދެއްގެ ބަޖެޓެކެވެ. ދިހަ ފަނަރަ މިނެޓްގެ ދަތުރަކާއި ހެދި ތިން ބިލިއަން ރުފިޔާގެ ދަރަނި ބޮލުއަޅަން ތިބާ ތައްޔާރުތޯއެވެ؟ ތިބާގެ ދަރިންނަށް ފުރިހަމަ، އެންމެ އެކަށީގެންވާ އިސްލާމީ ޤަޢުމެއްގައި ލިބެންޖެހޭވަރުގެ ތަޢުލީމު ނުލިބުނަސް ތިބާ އަންނަ އަހަރު ބްރިޖްއަޅަން އެތައް ހާސް ރުފިޔާއެއްގެ ފައިސާ ޚަރަދުކުރާނެއެވެ. އެއީ ރައްޔިތު މީހާއަށްޓަކައެވެ. އެއީ ތިބާ ތޯ؟ ނުވަތަ މާލޭގެ ބޭފުޅުންތޯ؟



Meedhaa