Showing posts with label Health. Show all posts
Showing posts with label Health. Show all posts

Tuesday, July 1, 2014

ހދ. އަތޮޅުގެ ފަރާތުން 30 ދުވަހުގެ މުހުލަތެއް ހެލްތު މިނިސްޓްރީއަށް!




ކުރިއަށް އޮތް 30 ދުވަސް ތެރޭގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންނާއި ވަޞީލަތްތައް ޤާއިމު ކޮށްދެއްވުމަށް، މިނިސްޓްރީ އޮފް ހެލްތަށާއި ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް އަތޮޅު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ.


އަތޮޅު ކައުންސިލުން މިގޮތަށް އިލްތިމާސް ކުރެއްވީ މިއަދު ކައުންސިލުން ނެރުއްވި ނޫސް ބަޔާނެއް ގައެވެ. އެގޮތުން އަންހެނުނަށް ޚާއްޞަ އިތުރު 2 ޑޮކްޓަރުންނާއި، އެތެރެހަށީގެ ޑޮކްޓަރަކާއި، ކާޑިއޮލޮޖިސްޓަކާއި، އަލްޓްރާ ސައުންޑް ސްކޭނަރަކާއި، އެކްސްރޭ މެޝިނަކާއި، 4 އިސީޖީ މެޝިނާއި، 2 ފީޓަލް ޑޮކްލަރާއި، ހދ.އަތޮޅުގެ 12 ހެލްތް ސެންޓަރުން އެކަށީގެންވާ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހައި ތަކެތި ފޯރުވައިދެއްވައި، ވަސީލަތްތައް ޤާއިމްކޮށް ދެއްވުމަށް މިބަޔާނުގައި އިލްތިމާސް ކުރައްވާފައި ވެއެވެ.


ފުއްދުމެއްނެތް ވައުދު!

ކުޅުދުއްފުށި އަދި އައްޑޫ ހޮސްޕިޓަލް އައިޖީއެމްއެޗް ފެންވަރަށް ތަރައްގީކުރަނީ




“ހދ.އަތޮޅުގެ ސިއްޙީ ޚިދުމަތްތައް މިވަނީ ފަހުގެ ތަރީޚެއްގައި ދަށަށް ނުދާ މިންވަރަށް ދަށަށްގޮސްފައެވެ. އަތޮޅުގައި ހުރި 12 ހެލްތް ސެންޓަރުގައި ބޭނުންކޮށްލާނެ މަލަން ރޯލެއްގެ މިންވަރުވެސް ނެތެވެ. މަރާމާތު ނުކުރެވި އެތަންތަން ވީރާނާވެދަނީއެވެ. އެ ހެލްތް ސެންޓަރުތަކުގެ ބަލަދުވެރި ފަރާތް އަދި ހއ، ހދ އަދި ށ. އަތޮޅުގެ 60 ހާހެއްހާ ރައްޔިތުންނަށް ޚިދުމަތްދޭންހުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޚިދުމަތްތަކާ މެދު ރައްޔިތުންގެ މެދުގައި މިވަނީ ސުވާލު އުފެދިފައެވެ.” ނޫސް ބަޔާނުގައި ވެއެވެ.   އިތުރަށްވިދާޅުވުމަށް



Monday, June 30, 2014

ގައުމަށް މިވަގުތު އެންމެ ބޭނުމީ އަދި އެންމެ މުހިއްމީ؟


 

އިޚްތިޔާރު ކުރި ޖަވާބު ދިން ސަބަބު

ތިރީގައި އެވަނީ އެންމެ ގިނަ ބޭފުޅުން އިޚްތިޔާރުކުރެއްވި އުތުރާ ދެކުނުގައި ޓާރޝަރީ ހޮސްޕިޓަލް މިޖަވާބު ދިނީ ކީއްވެގެންކަން ރައްޔިތަކު ދެއްކެވި ސަބަބެކެވެ.  


އަމިއްލަ ގައުމުގައި އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން އެ ގޮތް މިގޮތުން އެއްކޮށްފައިވާ ލާރިކޮޅު ހިފައިގެން ދިވެހިން ކައިރި ގައުމުތަކުގައި އައިސް އުޅޭ ހާލު ފެންނަމުން ދާތީ. ރައްޔިތުންނާ ގާތުން އެކަށީގެންވާ ޚިދުމަތެއް ލިބޭނެގޮތް ފަހި ކޮށްދީފައި ވާނަމަ ނުހިނގާނެ އެތައް ހާދިސާއެއް ދިވެހިރާއްޖޭގައި ހިނގާ.  ޚުދު އަޅުގަނޑަކީ އެކަމުގެ ޝިކާރަކަށްވެފައިވާ ފަރާތެއް. އަޅުގަނޑުގެ ދެލޯފަދަ ދަރިފުޅު ވަނީ މިދުނިއެއަށް އަލްވަދާއުކިއާފައި. ވަގުތު އޮއްވައި ތިޔަތާކު ތިބި ޑޮކްޓަރުންނަކަށް ވަނީ ކިހިނެއްކަމެއް އެނގުނުކަމަށް ނުވި. 9މަސް ވަންދެން އެތައް އުއްމީދަކާއެކު ތިމާގެމެންގެ ލޯބިވާ ދަރިފުޅު އާންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ދަރިފުޅު ބަނޑަށް މަރުވީ!  ހަގީގަތަކީ ފޫޅުދަނޑި ކުއްޖާގެ ކަރައް އޮޅިގެން ކުއްޖާ މަރުވުން. މާލެ ގޮސް ހެއްދި ސްކޭން  އިން މައްސަލައެެއް އުޅޭކަން އެނގުނީ. ދަރިފުޅުގެ ހާލުބަލާލަން އަމިއްލަ އަތޮޅުގައި ސްކޭންއެއް ހަދާލެވޭކަށްނެތް. ތިމާގެ ދަރިފުޅަށް ލޯތްބާއެކު އުފަލުން މަރުހަބާ ކިއަން ތައްޔާރަށް ތިބި މައިންބަފައިންނާ ގާތް އެކުވެރިން ރޮއްވާލާފައި މި ދުނިއެއަށް އަންނަނީ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު. ހުރިހާ ހިތާމައެއް ރައްޔިތު މީހާއަށް. ނޭނގުމާ ލަސްވުމާ، އިހުމާލުވުމާ، ފަރުވާ ކުޑަކަމުން ރައްޔިތުންނަށް ލިބެމުންދާ މިފަދަ ބޮޑެތި ގެއްލުމާ ހިތާމައިން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަމާން ދިރިއުޅުމެއް ހޯދައި ދިނުމަށް ދިވެހި ސަރުކާރަށް މިފުރުސަތުގައި ގޮވާލަން.


ސިއްހީ ޚިދުމަތް ރަނގަޅުކުރަން ފައިސާ ނެތް ވާހަކަ ވިދާޅުވާއިރު އެތައް ރަށެއްގައި ފުޓްސަލް ދަނޑާއި، ހުޅުމާލޭ ބްރިޖް އަދި ހިއްކުމަށް ފައިސާ ހުރުން މީ އަރަތެއް ނޫންތޯ؟ ލޯނު ނަންގަވައިގެން ވިޔަސް ހުޅުމާލެ ހިއްކުމުގެ ޚިޔާލު ތިޔަ ގެންގުޅުއްވަނީ ނިކަމެތި ރައްޔިތުން ވޭނުގައި ތެޅި ތެޅި ފަހަރަކު ރައްޔިތަކު މަރުވެ ހުސްވީމާ އެމީހުންގެ ރޫހު ތައް ދިރިއުޅޭނެ ތަނެއްގެ ބޭނުމުގައިތޯ؟


ރައްޔިތުންނަކީ ހަމައެކަނި ވޯޓު ހޯދާށާ ޓެކްސް ހޯދުމަށް ބޭނުންކުރާ ވަސީލަތަކަށް ނަހައްދަވާށޭ! ތިޔަ އިއްޒަތްތެރި ބޭފުޅުން އާދައިގެ ހުމެއް އަޔަސް ސިންގަޕޫރުގެ މޮޅެތި ހޮސްޕިޓަލް ތަކަށް ގޮސް މިލިއަނުން ޚަރަދު ކުރަމުން ތިޔަ ދަނީ ހަމަ ރައްޔިތުންގެ ފައިސާއޭ. ތިޔަ ބޭފުޅުންގެ މުސާރައަކީ ރައްޔިތުންގެ ވޯޓަކުން ތިޔަބޭފުޅުން ތިޔަ މަގާމަށް ގެނައުމަށްފަހު ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ތިޔަ ހޭދަކުރައްވާ ވަގުތަށް ދެވޭ މުސާރައެކޭ. ސިއްހީ ޚިދުމަތް ރަނގަޅުކުރަން ފައިސާ ނެތް ވާހަކަ ވިދާޅުވާއިރު އެތައް ރަށެއްގައި ފުޓްސަލް ދަނޑާއި، ހުޅުމާލޭ ބްރިޖް އަދި ހިއްކުމަށް ފައިސާ ހުރުން މީ އަރަތެއް ނޫންތޯ؟ ލޯނު ނަންގަވައިގެން ވިޔަސް ހުޅުމާލެ ހިއްކުމުގެ ޚިޔާލު ތިޔަ ގެންގުޅުއްވަނީ ނިކަމެތި ރައްޔިތުން ވޭނުގައި ތެޅި ތެޅި ފަހަރަކު ރައްޔިތަކު މަރުވެ ހުސްވީމާ އެމީހުންގެ ރޫހު ތައް ދިރިއުޅޭނެ ތަނެއްގެ ބޭނުމުގައިތޯ؟


Meedhaa