Friday, July 4, 2014

ސްޕެޝަލް އިކޮނޮމިކް ޒޯން ބިލް: ރައްޔިތުންނާ އިގްތިސާދާ ދެމެދު ލެވޭ ދަނގަޑުގެ ފާރެެއް



ރާއްޖެތެރެ ޓީމް

1. އިގްތިސާދީ ގޮތުން ލިބޭ ކުރިއެރުންތައް މައްޗަށް ދާހިނދު، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްދަނީ ކީއްވެ؟

2. ސްޕެޝަލް އިކޮނޮމިކް ޒޯން އިން އިންވެސްޓަރުންނަށް ލިބޭ ފައިދާތައް

3. އިގްތިސާދުގައި މުހިއްމު ރޯލްތައް އަދާކުރާ މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް

4. ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއް؟

5. ޒޯނަށްޓަކާ އުޅެބޮޑުވި ރަށް/ބިން ދޫކޮށްލަން ޖެހިދާނެ!

6. އިގްތިސާދާ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު އެކީ މައްޗަށް ދާނެގޮތަށް ސިޔާސަތު ނުރޭވުން!
...................................................... 
ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު އަދި މިފެންނަނީ ރައްޔިތުންނާ ނުގުޅި ވަރަށް ބީރައްޓެހިގޮތަކަށް ވިޔަފާރިވެރިންތައް އައިސް މިރާއްޖޭގައި ގުނާ އަދަދު ނުކުރެވޭހާ ފައިދާ ހޯދޭނެ ގޮތަށް ރޭވެމުން ކުރެހެމުން ދާތަނެވެ. އޭގެ މިސާލަކީ ގެސްޓްހައުސް އައިލެންޑް، ސްޕެޝަލް އިކޮނޮމިކް ޒޯންއެވެ. މިލިއުމުގައި އަޅުގަނޑުމެން ބަލާލާނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެމައްޗަށެވެ. 

1. އިގްތިސާދީ ގޮތުން ލިބޭ ކުރިއެރުންތައް މައްޗަށް ދާހިނދު، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްދަނީ ކީއްވެ؟

ފެންނަ މަންޒަރުތަކުން، ސިޔާސީ ފަރާތްތަކަށް މާޒީގެ ތަޖުރިބާއިން ފިލާވަޅެއް އަދިހޯއްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އެއީ ގައުމުގައި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމެއް އުފެދި މަހުޖަނުންގެ މަންޒިލަކަށް މިގައުމުވެފައި ވީއިރު އެންމެ 3 ލައްކަ މީހުންނަށް މިއުޅެނީ އަސާސީ ޚިދުމަތެއްވެސް އަދި ވަޒީފާގެ ފުރުސަތުތައްވެސް އެކަށީގެންވާފެންވަރަށް ނުލިބިގެންނެވެ. 100 އެތައް ރިސޯޓެއް މިގައުމުގައި އޮބައޮތެވެ. މިތަންތަނަށް ދިވެހިން ލައިފުރައިގެންވެސް އިތުރަށް ބޭރުންމީހުން ގެނެސްގެން ނޫނީ އިންޑަސްޓްރީ ނުހިންގޭނެ ވަރަށް އެއިންޑަސްޓްރީ އޮތީ ފުޅާވެ ފައްކާވެފައެވެ. އެކަމަކު ރާއްޖޭގެ ވަޒީފާނެތް ޒުވާނުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުން ހާސްކަމާއިހިތްނުތަނަވަސްކަމުގައި އުޅޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ވަނީ އަރާފައެވެ. 

2. ސްޕެޝަލް އިކޮނޮމިކް ޒޯން އިން އިންވެސްޓަރުންނަށް ލިބޭ ފައިދާތައް

އާންމުރައްޔިތުންގެ ހާލަތު މިގޮތުގައި އޮއްވާ މިހާރު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން އިގްތިސާދާއި ރައްޔިތުންނާއި ދެމެދުގައިވާ ދުރުމިން އެތައް ގުނައަކަށް ބޮޑުވެ އަތްނުފޯރާ ފަށަށް ދާނެކަން ކަށަވަރެވެ. އެކަން ކަށަވަރު ކޮށްދޭ ވަސީލަތަކީ ސްޕެޝަލް އިކޮނޮމިކް ޒޯން ބިލެވެ. މިބިލުން ވިޔަފާރިވެރިންނަށް ނުދޭ އިނާޔަތެއް ނެތެވެ:- ޓެކްސް މާފުކުރުން. ބިން ގަނެވިއްކުމުގެ ބާރު، ބިން 99 އަހަރަށް ކުއްޔަށް ނެގުން. ދައުލަތަށް އެއްވެސް ޑިއުޓީއެއް / ޓެކުހެއް ދައްކަން ނުޖެހުން، ބޭނުންގޮތަކަށް ފައިސާ ގެންގުޅެ ގައުމުން ބޭރަށް ފޮނުވުން.... މިހެންގޮސް ވިޔަފާރިވެރިންނަށް ގުނާ އަދަދު ނުކުރެވޭ އިނާޔަތް މިބިލުން އެބަ ލިބިދެވެއެވެ. އަދި ހަމައެއާއެކު މިހާރުވެސް ދުނިޔޭގެ 1 ވަނަ ދަރަޖައިގައި އުޅޭ ރާއްޖޭގެ ޓުއަރިޒަމް ދާއިރައަށް މި އިނާޔަތްތައް (ޓެކްސް  މާފު ބިމު ކުލި ދައްކަން ނުޖެހުން ފަދަ) ފޯރުކޮށްދެވޭނެ ގޮތަށް ވަނީ ބިލް ބައްޓަން ކޮށްފައެވެ. މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން 1 ވަނައިން ދެން ކޮންވަނައަކަށް ގެންދިޔުންތޯ އެއީ ކުރެވޭ ސުވާލެކެވެ.








ހަމައެއާއެކު މިހާރުވެސް ދުނިޔޭގެ 1 ވަނަ ދަރަޖައިގައި އުޅޭ ރާއްޖޭގެ ޓުއަރިޒަމް ދާއިރައަށް މި އިނާޔަތްތައް (ޓެކްސް  މާފު ބިމު ކުލި ދައްކަން ނުޖެހުން ފަދަ) ފޯރުކޮށްދެވޭނެ ގޮތަށް ވަނީ ބިލް ބައްޓަން ކޮށްފައެވެ. މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން 1 ވަނައިން ދެން ކޮންވަނައަކަށް ގެންދިޔުންތޯ އެއީ ކުރެވޭ ސުވާލެކެވެ


3. އިގްތިސާދުގައި މުހިއްމު ރޯލްތައް އަދާކުރާ މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް

އިންވެސްޓަރުންނަށް ލިބޭ އިނާޔަތްތަކުގެ އިތުރުން ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަކީ އެބިލް ގާނޫނަކަށް ފާސްވެއްޖެނަމަ 14 ގާނޫނުގެ މައްޗަށް އެގާނޫނުގެ ބާރު އިސްކޮށް ހިނގާނެ ގާނޫނެކެވެ. މިގޮތުން މިނިވަން މުއައްސަސާތައް ކަމުގައިވާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓި (މިރާ) މަރުކަޒީ ބޭންކް (އެމްއެމްއޭ) ފަދަ މުއައްސަސާތައް ހިންގުމަށް މިހާރު އެކަމާ ގުޅޭ ޤާނޫނުތަކުން މިމުއްސަސާތަކަށް ދީފައިވާ ބާރުތައް ނިގުޅައިގަނެ ހުރިހާބާރެއް ވަރަށް ގިނަ ދާއިރާތަކުން މިބިލަށް ޖަމާކޮށް ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވައެވެ. މިނިވަން ކަމާއިއެކު އިގްތިސާދު ހަމަޔަކަށް އެޅުވުމަށް މަރުކަޒީ ބޭންކަށް އޮންނަ ދައުރު ހަނިކޮށްލައެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލްގެ ކުރިމަތީގައި ކުޑަކަކޫ ޖަހަންޖެހޭ ޤާނޫނުތަކަކީ؛




މުއައްސަސާތައް ހިންގުމަށް މިހާރު އެކަމާ ގުޅޭ ޤާނޫނުތަކުން މިމުއްސަސާތަކަށް ދީފައިވާ ބާރުތައް ނިގުޅައިގަނެ ހުރިހާބާރެއް ވަރަށް ގިނަ ދާއިރާތަކުން މިބިލަށް ޖަމާކޮށް ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވައެވެ.

4.  ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއް؟

ސްޕެޝަލް އިކޮނޮމިކް ޒޯން ބިލުން ވިފާރިވެރިންނާއި އިންވެސްޓަރުންނަށް ލިބޭ އިނާޔަތްތަކުގެ ބަދަލުގައި އިންވެސްޓަރު ކުރަންޖެހޭ ކަމެއް  ރައްޔިތަކަށް ލިބޭނެ ފައިދާއެއް އެއީ ބަނދަރު ހެދުން ކަމަށްވިއަސް، މަގު ހެދުން ކަމަށްވިއަސް ނަރުދަމާ ހެދުން ކަމަށްވިއަސް، ދަތުރު ފަތުރުން ރަށްތައް ގުޅާލުން ކަމަށްވިއަސް، އެއަރޕޯޓް ހެދުން ކަމަށްވިއަސް އަދި ދިވެހިންނަށް ވަޒީފާ ދިނުންކަމަށްވިއަސް އާރުލާ ގޮތަކަށް ނުވަތަ މިނިމަމް ކްރައިޓީރިއާގެ ގެގޮތުގައި ނަމަވެސް މިބިލުގައި ބަޔާންވެފައެއްނެތެވެ. ބިލުގެ 77 ވަނަ މާއްދާގެ (ށ) (ނ) ގައި ވަޒީފާއޭ ބޭރުމީހުންނޭ 10  އިންސައްތައޭ ކިއައެވެ. އެކަމަކު އެވެސް ފެނިވަޑައިގަންނަވާ އުސޫލުން ގެންދެވިދާނެކަން ހަމަ އެމާއްދާގެ (ރ) އިން ކަށަވަރު ކޮށްދެއެވެ. މިކަމުން ދޭހަވަނީ މި މާއްދާތަކަކީ ރައްޔިތުންގެ ލޮލުގައި އަޅުވާލި އަނދުނެއް ކަމެވެ. މާޒީވި ސަގާފަތޭ އެއްގޮތަށް ފެނިވަޑައިގެންފިނަމަ ބަދަލުކުރެވިދާނެ ކަންތައްތަކެވެ.







ސްޕެޝަލް އިކޮނޮމިކް ޒޯން ބިލުން ވިފާރިވެރިންނާއި އިންވެސްޓަރުންނަށް ލިބޭ އިނާޔަތްތަކުގެ ބަދަލުގައި އިންވެސްޓަރު ކުރަންޖެހޭ ކަމެއް  ރައްޔިތަކަށް ލިބޭނެ ފައިދާއެއް އާރުލާ ގޮތަކަށް ނުވަތަ މިނިމަމް ކްރައިޓީރިއާގެ ގެގޮތުގައި ނަމަވެސް މިބިލުގައި ބަޔާންވެފައެއްނެތެވެ


5.     ޒޯނަށްޓަކާ އުޅެބޮޑުވި ރަށް/ބިން ދޫކޮށްލަން ޖެހިދާނެ!

ސްޕެޝަލް އިކޮނޮމިކް ޒޯންގެ އެންމެ ނުރައްކާ ކަމަކީ މީހުން ދިރިއުޅޭ ބިން ޒޯނަކުން ބޭނުންވެއްޖެނަމަ ނެގިދާނެކަމަށް މިބިލުގައި ބަޔާންކުރާ ކުރުމެވެ. އަދި އެބިން ނެގުމަށް ނުވަތަ ގަތުމަށް ހިނގާ މުޢާމަލާތްތަކުން ދައުލަތަށް ޓެކްސް ވެސް ދައްކާކަށް ނުޖެހެއެވެ. 




ކުރިމަގުގައި ޒޯނަށްޓަކައި ދިވެހިން އުޅެބޮޑުވި ރަށްދޫކޮށް ދާންޖެހޭގޮތަށް ބިލް ފާސްކޮށްލުން އޮތީ ކައިވަތަކަށްވުރެ ކައިރީގައެވެ. އެކަމަށް ތިޔަ އަޚުން ތައްޔާރުތޯ؟



މިބިލް ފަރުމާކުރެވިފައިވާ ގޮތުން ރާއްޖޭގެ ބިން، މީހުން ދިރިއުޅޭ ބިންތަކަށް ދަންދެން ވިއްކިއަސް ދިނަސް އެންމެ ކުޑަމިނުން މަޖިލީހުގެ ނުވަތަ ރަށު ރައްޔިތުންގެވެސް އެހުމެއް އެއްބަސްވުމެއް އާބަހެއް ހޯދާކަށް ނުޖެހެއެވެ. އަދި ހަމައެއާއެކު ޒޯނަކަށް ވުމާއެކު އެހިސާބުން ރައްޔިތުން ހޮވާފައިވާ ކައުންސިލްތަކުގެ ބާރު އެސަރަހައްދަކުންކެނޑިދެއެވެ. މާނައަކީ އެޒޯނުގެ އެއްވެސް ކަމަށް އެސަރަހައްދުގެ ރައްޔިތުންގެ ބާރު ދެން ނުހިނގުމެވެ.




ޒޯނަކަށް ވުމާއެކު އެހިސާބުން ރައްޔިތުން ހޮވާފައިވާ ކައުންސިލްތަކުގެ ބާރު އެސަރަހައްދަކުންކެނޑިދެއެވެ. މާނައަކީ އެޒޯނުގެ އެއްވެސް ކަމަށް އެސަރަހައްދުގެ ރައްޔިތުންގެ ބާރު ދެން ނުހިނގުމެވެ. 


ކުރިމަގުގައި ޒޯނަށްޓަކައި ދިވެހިން އުޅެބޮޑުވި ރަށްދޫކޮށް ދާންޖެހޭގޮތަށް ބިލް ފާސްކޮށްލުން އޮތީ ކައިވަތަކަށްވުރެ ކައިރީގައެވެ. އެކަމަށް ތިޔަ އަޚުން ތައްޔާރުތޯ؟ މި ބިލުން ރައީސުލް ޖުމްހޫރިއްޔާ ގިނިކަންޏާ އެފަދަ ނިންމުންތައް ސިކުންތެއްގެ ތެރޭގައިވެސް ނިންމާ ލެވިދާނެކަމެވެ. ޒޯންތަކާ ބެހޭ ގިނަ ނިންމުންތަކެއް ދާ ބޯޑަކީ %100 ރައީސުލް ޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި އޮތް ގިނަ ވަޒީރުންތަކެއް ހިމެނޭ ތަނެއްކަމުން އެކަމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. 

6. އިގްތިސާދާ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު އެކީ މައްޗަށް ދާނެގޮތަށް ސިޔާސަތު ނުރޭވުން!




ސުވާލަކީ ޓުއަރިސްޓުން ހިތްހަމަޖައްސައިދޭ އަދި ބޮޑެތި ވިޔަފާރި ވެރިން ހިތްހަމަޖައްސައިދޭ ފަދައިން ރައްޔިތުން އެންމެ ހިތްހަމަޖެހޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރާނެ ގޮތަށް މިރާއްޖޭގެ އިގްތިސާދު ބައްޓަންކުރުމުގެ ކުޅަދާނަކަން ސިޔާސަތު ރާވާ ސަރުކާރު ހިންގާ ފަރާތްތަކުގެ ކިބައިން ނުފެނިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟


ކޮންމެއަކަސް ގައުމެއްގައި އެގައުމެއްގެ ރައްޔިތުން އެންމެ ހިތްހަމަނުޖެހި ދިރިއުޅޭ ލިސްޓްތަކުގެ ކުރިއަށް ރާއްޖެއަރާއިރު ރާއްޖެއަށް އަންނަ ޓުއަރިސްޓުން އެންމެ ހިތްހަމަޖެހޭ މަންޒިލުތަކުގެ ލިސްޓަށް ކެނޑިނޭޅި މިގައުމަށް ދަނީ ޖާގަލިބެމުން އަރަމުންނެވެ. ސުވާލަކީ ޓުއަރިސްޓުން ހިތްހަމަޖައްސައިދޭ އަދި ބޮޑެތި ވިޔަފާރި ވެރިން ހިތްހަމަޖައްސައިދޭ ފަދައިން ރައްޔިތުން އެންމެ ހިތްހަމަޖެހޭ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރާނެ ގޮތަށް މިރާއްޖޭގެ އިގްތިސާދު ބައްޓަންކުރުމުގެ ކުޅަދާނަކަން ސިޔާސަތު ރާވާ ސަރުކާރު ހިންގާ ފަރާތްތަކުގެ ކިބައިން ނުފެނިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ ރައްޔިތުންގެ ދިރިއުޅުމާއި ތަނަވަސްކަމާއި އިގްތިސާދާ އެކުއެކީ މިގައުމު ކުރި ނާރައިގެން އުޅެނީ ކީއްވެތޯ ވިސްނާލާ ހިމޭނުން ނުތިބެ ގާނޫނުގެ ތެރެއިން ލިބިދޭ މިނިވަންކަމުގެ ބޭނުންހިފާ، އަދި ސިޔާސީ ފަރާތްތައް ޒިންމާދާރު ކުރުވާ ޖަވާބުދާރީކުރެވެން އޮތް ގޮތްތަކުގެ ބޭނުންކޮށްގެން އެ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުން އޮތީ ތިޔަބޭފުޅުންގެ އައްމަތީގައެވެ. 


No comments:

Post a Comment

Meedhaa