އެއްސަހަރެއްގައި މީދަލުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. ކައްކާ ހުރިހާ
ކާތަކެތި ކަނީއެވެ. ކުޑަކުދިންނަށް އުނދަގޫކުރަނީއެވެ. ދަނޑުބިންތައް
ހަލާކުރަނީއެވެ. އެސަހަރުގެ މީހުން މީދާ ބޭސްލާ، ކާތަކެތި ފޮރުވާ، އެތައް ކަމެއް
ކޮށްގެންވެސް މީދަލެއް ރަށުން ހުހެއް ނުކުރެވުނެވެ. އެހެން ހުއްޓާ މާދުރު ޝަހަރަކުން މީހަކު އެރަށަށް އަރާ
ރަސްގެފާނު ކައިރީ މީދާތަކުން ޝަހަރު ހުސްކޮށްދިނުމަށް ހުށަހެޅިއެވެ. ރަސްގެފާނު
މިކަމަށް ހުއްދަ ދެއްވުމުން އޭނާގެ އަތުގައި އޮތް ދުންމާރިއަކުން މިއުޒިކް ކުޅެން
ފަށައިފިއެވެ. މިދުންމާރީގެ ރީތި އަޑަށް ހުރިހާ މީދާތައް ހޮރުހޮރުން ނިކުމެ
އޭނާކައިރިއަށް ޖަމާވެއްޖެއެވެ. ޖަމާވުމުން އޭނާ މިދާތަކާއެކު ދުންމާރި ފުމެމުން
ރީތި މިއުޒިކް އަޑު އިއްވަމުން ބަދަރުމައްޗަށް ދިމާއަށް ދިއައެވެ. އެހިސާބުން
މީދާތައް ކަނޑަށް އެޅި މަރުވެ މީދަލުން ރަށް ހުސްކުރެވިއެއްޖެވެ.
މިބީދައިން ރާއްޖޭގެ ރީތި ނަލަ ރަށްތަކުން ނެގޭނެ ފައިދާ ބަޔަކަށް ފެނި 100
އެތައް ރަށަކުން އެފައިދާ ނަގައިގެން ބަޔަކު ވަރަށް މުއްސަނދިވެއްޖެއެވެ. ހަމައެއާއެކު
މަދު އާއިލާއެއްގެ ތެރޭގައި ބާރުތައް ޖަމާކޮށް ބެހެއްޓުމަށް ހުރިހާ ރައްޔިތުން
އެއްތަނަކަށް ޖަމާކޮށް ކުލީ ފްލެޓްތަކުގައި މުސާރައިގެ އަޅުންނަށް ހެދުމުގެ
މޮޅުކަންވެސް ބަޔަކަށް ވިސްނިއްޖެއެވެ. މި 2 ކަންތައް ހާސިލްކުރުމަށް މީހުން
ދިރިއުޅޭ ރަށްތައް ހުސްކޮށް ރައްޔިތުން އެއްތާކަށް ޖަމާކުރުމަށްޓަކާ ރަގަޅު
ތައުލީމު، ބޭސްފަރުވާ، ވަޒީފާ، ދަތުރު ފަތުރު، އުމްރާނީ ތަރައްގީ، ބޯފެނާ ނަރުދަމާ،
ހަމައެކަނި މާލެ ކިޔާ އެންމެ ރަށެއްގައި ދީފައި އެހެން އެއްވެސް ރަށަކަށް
ފުރިހަމަޔަށް އެކަން ލިބުނަ ނުދީ 50 އަހަރަށް ހިފެހެއްޓިއްޖެއެވެ. މިގެ ތެރޭގައި
ރާއްޖޭގެ އެންމެ ބޮޑެތި ރަށްތައްވެސް ހިމެނެއެވެ.
އެހުރިހާ ދަތިކުރުމަކުންވެސް އެރައްތައް އެއްކޮށް ހުސްވާގޮތެއް ނުވެ އަދި
މާނުރައްކާތެރި ކަމެއް މެދުވެރިވެއްޖެއެވެ.
އެއި ކޮންމެވެސް ވަރަކަށް ދަތުރު ފަތުރު ލިބި ފަތުރުވެރިކަމުގެ ކުދި ވިޔަފާރި ބައެއް ރަށްތަކުގައި ފެށި އެކަމާ ގުޅިގެން އެޚެން މަސައްކަތްތައްވެސް ފެށި އާދައިގެ ރައްޔިތުންގެ ޖީބަށް އަމިއްލަ މަސައްކަތުން ފައިސާ ވަންނަން ފެށުމެވެ.
އެއި ކޮންމެވެސް ވަރަކަށް ދަތުރު ފަތުރު ލިބި ފަތުރުވެރިކަމުގެ ކުދި ވިޔަފާރި ބައެއް ރަށްތަކުގައި ފެށި އެކަމާ ގުޅިގެން އެޚެން މަސައްކަތްތައްވެސް ފެށި އާދައިގެ ރައްޔިތުންގެ ޖީބަށް އަމިއްލަ މަސައްކަތުން ފައިސާ ވަންނަން ފެށުމެވެ.
މުސާރައިގެ އަޅުންނަށް ވުމުން ސަލާމަތް ވާނެ މަގެއް ގިނަ ރައްޔިތުންނަށް ފެނުމެވެ.
މިހިސާބަށް ކަންތައް ދިއުމުން މިހާރު އަމަލު ނުކޮށްފިނަމަ މިރީތި ނަލަ
ރައްތައް، އެތަންތަނުގެ ވަޒަންވެރިންގެ އަތުން ހުސްނުވެދާނެ ކަމުގެ ބިރުހީވެ
ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ކަހަލަ ގޮތަކަށް ބޭނުންކޮށްގެން ވަރަށް ވިސްނާފައި ބޮޑެތި ރައްތައް ހުއްޓައި، ކުލީ
ފްލެޓްގެ އާ "ކުލީޓައުން" އެއް ކަނޑުހިއްކައިގެން ހަދާ މި ކުލީ ޓައުނަށް
ހުޅުމާލެ ކިޔާ ނަންދީފިއެވެ. އަދި އެތަނުގެ އެކި ފާޑުގެ ރީތި ކުރެހުން ކުރަހާ ރައްޔިތުންނަށް
ދައްކައިފިއެވެ. ރަށުގެ އޮތް ބޮޑު ގޯތި ފްލެޓަކަށް ޓަކާ ދޫކޮށްލުމުގެ މޮޅުކަން ކިޔާދޭން
ފަށައިފިއެވެ. މިކުރެހުން ފެނި ބައެއް ރައްޔިތުން އެމީހުންގެ ގޮޅިއަށް އަންނަން
ފަށައިފިއެވެ.
ސުވާލަކީ ދިވެހި ރައްޔިތުންނަށް މީދާތަކަށް ވީގޮތް ވާނީތޯއެވެ؟ ޖަވާބަކީ ހަމަ
ހިލާ ނުވާނެއެއެވެ. ގިނަ ރައްޔިތުން
ތަކަކަށް މިހާރު މިކުރަން އުޅޭ ކަންތައް ވިސްނި ކުލިދައްކަން ބުރަ މަސައްކަތް
ނުކޮށް ރަށާ އާއިލާގެ ކުރިއެރުމަށް ބުރަމަސައްކަތް ކުރަން ވެއްޖެ ކަމުގެ އިހްސާސް
ވާން ފަށައިފިއެވެ.
ހިއްވަރު ކުރާށެވެ. ހައްގުތައް ހޯދާށެވެ. ރަށު ޓެކްސް އާ އަތޮޅުގެ އެކި
ވިޔަފާރި ތަކުންނާ ރިސޯޓްތަކުން ލިބޭ އާމްދަނީން ބައެއް ރަށަށް އަތޮޅަށް ޖަމާކޮށް
ކުލީގެ އަޅުންނަށް ވުމުން ސަލާމަތްވެ ހަމަ އިސްކޮޅަށް ދެމިލާ މިނިވަން ވާށެވެ.
ސަލާންޖެހުމުން މިނިވަން ވާށެވެ!
No comments:
Post a Comment