"އަޅުވެތިކަން
އެންމެ ބޮޑަށް ކުރިއަރައިގެން ދާނީ އަޅުންނަށް ވެސް ތިމާމެން މިތިބީ
އަޅުވެތިވެފައިކަން ނޭނގޭގޮތަށް އެމީހުން އަޅުވެތިކޮށްލެވުމުންނޭ މުފައްކިރުން
ބުނެ އުޅެއެވެ!"
އަހަރެމެންގެ
ގައުމުގެ ވެރިން މި ފެންނަނީ ކުނި އަޅާ ތަނެއްގެ ރިބަން ކަނޑަމުން، މާރުކޭޓުގެ
ގޮޅީގެ ރިބަން ކަނޑަމުން، ކުދި ކުދި އެގްރީމަންޓުތަކުގައި ސޮއިކުރަމުން ދުވާތަނެވެ.
ތިމާމެންގެ ދަށުން ވަރުވަރުން މީހުން ތިބޭ އިރުވެސް ތިމާ ބޭނުންވަނީ ހެޑްލައިން
އަށް ތިމާގެ ނަން އަރާށެވެ. ފޮޓޯ އަށް ތިމާ އަރާށެވެ. ރައްޔިތުންނަށް މުހިންމު
އެތައްކަމެއް އަޅާނުލާ ދޫކޮށްފައި ތިބެ، މީޑިޔާގެ އެޓެންޝަން ހޯދަން ވަރަށް
މަސައްކަތް އެބަ ކުރެއެވެ.
އަހަރެމެންނަށް
ޖެހިފައި މިއޮތީ ޖެހިގެން ހުރިގެއިން ގަރުދިޔަ ބޯތައްޓެއް ހޯދާ އުސޫލުން މާލޭ ސަރުކާރަށް
އާދޭސްކޮށްގެން ކައިގެން ބޮއެގެން އުޅޭށެވެ. ތަފާތަކީ ޖެހިގެން ހުރި ގެއަށް
އަހަރެމެން ޓެކްސް ނުދައްކާކަމެވެ. މާލޭ ސަރުކާރަށް
އަހަރެމެން ޓެކްސް ދައްކަމެވެ. ހާލަތު މިހިސާބުގައި އޮތް އިރު، ދަރިފުޅު
ތިޔަ ފޮނުވަނީ މާލޭ ސަރުކާރުގެ މިނިވަން 50 ކުޅިވަރަށް ތޯއެވެ؟
އަޅުވެތިކަން
އެންމެ ބޮޑަށް ކުރިއަރައިގެން ދާނީ އަޅުންނަށް ވެސް ތިމާމެން މިތިބީ
އަޅުވެތިވެފައިކަން ނޭނގޭގޮތަށް އެމީހުން އަޅުވެތިކޮށްލެވުމުންނޭ މުފައްކިރުން
ބުނެ އުޅެއެވެ!
އަހަރެމެންނަށް ޖެހިފައި މިއޮތީ ޖެހިގެން ހުރިގެއިން ގަރުދިޔަ ބޯތައްޓެއް ހޯދާ އުސޫލުން މާލޭ ސަރުކާރަށް އާދޭސްކޮށްގެން ކައިގެން ބޮއެގެން އުޅޭށެވެ. ތަފާތަކީ ޖެހިގެން ހުރި ގެއަށް އަހަރެމެން ޓެކްސް ނުދައްކާކަމެވެ.
No comments:
Post a Comment