ރަހުމަތްތެރިޔާ: ކޮބާ ހުޅުމާލޭ ފްލެޓަކަށް ނުލަންތަ.
އަހުރެން : އާ ނުލަން
ރަހުމަތްތެރިޔާ: އެވަރުގެ ބޮޑު ފުރުސަތެއް ދޫކޮށްލާކަށް ނުވާނެއެއްނު
އަހުރެން : ކޮބާ ފުރުސަތަކީ
ރަހުމަތްތެރިޔާ: އެތާނުން ހުރިހާ
ކަމެއް އޮންނާނީ
އަހުރެން :ކޮންކަމެއް
ރަހުމަތްތެރިޔާ: ރަގަޅު ހޮސްޕިޓަލާ،
ސުކޫލާ، ވިޔަފާރި ތަންތަނާ ރީތި މަގުތަކާ،...
އަހަރެން: ކަލޭ ޓެކްސް ދައްކަންތަ މާލޭގައި އޮތް ސަރުކާރަށް
ރަހުމަތްތެރިޔާ: ބަރާބަރަށް ދައްކަން މިރާއަށް
އަހަރެން: ތިޔަ އަތޮޅުގައި ކިތައް ފަޅުރަށް އެބައޮތްތަ؟
ރަހުމަތްތެރިޔާ: 100 ވުރެ ގިނަވާނެ ބައިވަރު..، މިހާރު 2 ރިސޯޓްވެސް
އެބައޮތް. އިތުރު 5 ރިސޯޓް ހުޅުވުމުގެ މަގުމަތީ އޮތީ
އަހަރެން: ކަލޭގެ އަތޮޅަށް ކިހާލާރިއެއް ވަންނާނެ ކަމަށް ލަފާކުރެވޭތަ
ރަހުމަތްތެރިޔާ: ތިބުނީ:
އަހަރެން: މިބުނީ ތިޔަ ރިސޯޓްތަކުންނާ ކަލޭ ދައްކާ ޓެކުހުންނާ އަތޮޅު
ތެރޭގައި ކިހާ އާމްދަނީއެއް އުޅޭނެތަ:
ރަހުމަތްތެރިޔާ: މިލިއަން ޑޮލަރަށް
ވުރެ މަދެއް ނުވާނެ. އަނެއްކާ ދަނޑުވެރިކަން ކުރަންވެސް މިހާޜު 4 ފަސް ރަށެއް
ދީފިއޯ!
އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟ ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟
އަހަރެން: އެހެންވީއިރު އެ މިލިއަން ޑޮލަރު އަތޮޅުގެ ރަށްތަކަށް އަޅައިގެން ތަރައްގީކޮށް
އަމިއްލަ ގެދޮރުގައި ހިލޭ ގަހާ އިރާ ވަޔާ ވަންނަތާގައި ތަނަވަސްކަމުގައި އުޅޭނީތަ؟
ނޫނީ މުޅިއުމުރަށް ފްލެޓްވެގެން ކުލި ދައްކާލަ ދައްކާލަ ކޮށްޓެއްގައި އުޅޭނީތަ؟
މިލްކުވާއިރު ކޮށި އޮންނާނީ ބާވެފައި! ދެން ކަލޭ ރަށްދޫކޮށް ފްލެޓްވީމާ އެރައްތައް
ކުއްލިއަކަށް ރަނަށްވެ
މަހުޖަނުން
އަނެއް މިލިއަންޑޮލަރު ޖަހަން ދޭނީތަ؟
ރަހުމަތްތެރިޔާ: އެކަމަކު ސަރުކާރުން އަހަރެމެން ރަށްތަކެއް ތަރައްގީއެއް
ނުކުރާނެ!
އަހަރެން: އެހެންވިއްޔާ ރަށްތައް ތަރައްގީކުރާނެ ސަރުކާރެއް ނުހޯދާ ނޫނީ
އެކަން ކުރުމުގެ ބާރު ކަލޭ ނުހޯދާ ކޮންހާ އަނގައެއް ތިޔަ ތަޅަނީ!
Varah bodu thedheh
ReplyDelete