ގޮތެއް ފެނި ހަލާލް މަސައްކަތެއް ކޮށްގެން ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ
ގިނަވި ވަރަކަށް ރައްޔިތުން ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ކޮންޓްރޯލް ކުރަން
އުދަނގޫވެއެވެ. ސިޔާސީ މީހާ މަގުން ކައްސާލާ ކަރަޕްޝަނާ ފަސާދައިން ތަތްތެޅި ތެމި
ފޯވަމުން ދާއިރު އަނބިދަރިން ބިކަނުވާނެ ކަމުގެ ގެރެންޓީއާއިއެކު ބަސްބުނެ
ޖަވާބުދާރީ ކުރުވަން، ފުދުންތެރި ރައްޔިތަކު ފަސްނުޖެހޭނެއެވެ. އަދި ކަމެއް
ބޭނުންވުމުން އަބަދު ސިޔާސީމީހުންނާ މަހުޖަނުން ފަހާ
ސަލާންޖަހަން ދާކަށްވެސް ނުޖެހޭނެވެ. މިހެންވުމާއިއެކު ހަލާލު މަސައްކަތަކުން ފުދުންތެރި
މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ
އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ
ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި
ބިރުގެ އަސްލެވެ. އިގްތިސާދީ އަޅުވެތިކަމުގެ ސިޔާސަތު ހިންގޭނީ އާދައިގެ މީހުންނަށް އިގްތިސާދީ
ހަރަކާތްތަކުގައި ބައިވެރިވުން އުދަނގޫކުރުމާ ބަންދުކުރުމާއި މަނާކުރުމާއި
ދަތިކުރުމާއި ލަސްކުރުން ފަދަ ފިޔަވަޅުތަކުންނެވެ. މިފުރުސަތުގައި ސަރުކާރުން
ރާއްޖެތެރޭގެ އިގްތިސާދު ކުރިއެރުމާއި ގުޅިފައިވާ ހަތަރު ދާއިރާއަކުން ދަތިކުރުމާ
އަޅާނުލުމުގެ އަމަލުތައް ފެންނަމުން ދެއެވެ. އެއީ؛-
1. މިހާރު ރަށްތަކުގައި ފެށިފައިވާ ހަލާލްޓުއަރިޒަމް އެގޮތުގައި ކުރިއެރުވުމާއި މުޅި އިންޑަސްޓްރީ ރެގިއުލޭޓްކޮށް އޮމާންކޮށް
ހިނގޭނެ ގޮތް ހެދުމުގެ ބަދަލުގައި ސީދާ އާދައިގެ ރައްޔިތުންނާ ވާދަކުރުމަށް
ގެސްޓްހައުސް ވިޔަފާރިތެރެއަށް ސަރުކާރު ވަދެ އާންމު ރައްޔިތުންނަށްވުރެ
ރިސޯޓްތަކުގެ މަހުޖަނުންނަށް ފަސޭހަކަމާއެކު އެކަމުގެ ތެރޭގައި އުޅެވޭނެ ގޮތް
ހެދުން.
2. ޕްރޮޖެކްޓަކަށް ފައިސާ ހޯދުމަށާއި އިގްތިސާދީ އިތުރު
މަސައްކަތްތައް ހިންގަން ރަށު ރައްޔިތުންނަށް ލިބިފައިވާ އެންމެ ވަރުގަދަ
އެއްވަސީލަތް ކަމަށްވާ ރައްޔިތުންގެ ބިންތައް ފަސޭހައިން ރައްޔިތުން އިންތިހާބު
ކޮށްފައިވާ ކައުންސިލްތައް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ބަދަލުގައި
ބިން ބޭނުންކުރުމަކީ ސީދާ ރައީސްގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެކަމަށް ހެދުން.
3. އުތުރާއި ދެކުނުން ހަނިމާދޫ އަދި ގަން އެއަރޕޯޓް ރަގަޅަށް އިންޓަރނޭޝަނަލްކޮށް ރާއްޖެތެރެއާ ދުނިޔެއާގުޅާލުމަށް ލަސްކުރުމާ ހަރަކާތްތެރިނުވުން. މިކަންކަން ކުރަން ބޭނުންވާ
އިންވެސްޓަރުން އެތިބީ ސަރުކާރުން އިޖާބަދެނިވި ގޮތަކަށް އަމަލުކުރާނެ ދުވަހެއްގެ
އިންތިޒާރުގައެވެ.
4. ދަތުރު ފަތުރަކީ މަސައްކައްތެރިންނާ އުފެއްދުންތަކާ
ޚިދުމަތާ އެއްތަނުން އަނެއްތަނަށް އުފުލާދޭ އިގްތިސާދުގެ ލޭނާރުކަން ދަނެ އެއްރަށާ
އަނެއް ރަށާ އަދި އެއް އަތޮޅާ އަނެއް އަތޮޅުގެ ފެރީގެ ނިޒާމް ވަރުގަދަކޮށް
މުޅިރާއްޖެ ގުޅާލުމަށް އެކަށީގެންވާ ޚަރަދެއްކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި
5 މިނިޓް ފެރީން ދެވޭ މާލޭ ހުޅުމާލެއަށް 2 ބިލިއަނާ ގާތްކުރާ ޢަދަދަކަށް ފައިސާޚަރަދުކޮށް ބްރިޖެއް އެޅުމަށް ސަރުކާރުން އެދަނީ ތައްޔާރުވަމުންނެވެ. ދަތުރު ފަތުރުން މުޅިރާއްޖެ ގުޅިއްޖެނަމަ ހއ. ތުރާކުނުންސ. ގަމާ ހަމަޔަށް އެކަމުގެ ފައިދާވެ އާދައިގެ ރައްޔިތުން ހައްދާ އުފައްދާ ތަކެތި
ވިއްކޭނެ ގޮތެއްވެ، މެދުފަންތީގެ ފަތުރު ވެރިކަން ކުރިއަރާ ރައްޔިތުންގެ
ޖީބަށް ފައިސާ ވަދެ އިގްތިސާދު އެތައް ތަނެއް ކުރިއަރައިގެން ދާނެކަމީ ޝައްކެއް
ހުރި ކަމެއްނޫނެވެ.
ހަލާލު މަސައްކަތަކުން ފުދުންތެރި
މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ
އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ
ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި
ބިރުގެ އަސްލެވެ.
ސަރުކާރުގެ އަމަލުތަކަށް ބަލާއިރު އިގްތިސާދީ ސިޔާސަތަކަށް ހިންގާތަން
މިފެންނަނީ އާދައިގެ ރައްޔިތުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުން
އުނދަގޫވާނެ ގޮތްތަކެއްގައެވެ. އިގްތިސާދީ ސިޔާސަތުތައް މިހާރު މިތަންފީޒުކުރާ
ގޮތުގެ ސަބަބުން ފަގީރުން އަދި މެދުފަންތި އިނދަޖެހި ގައުމުގެ މުއްސަދިކަމުގެ %90ޕަސެންޓް ކޮންޓްރޯލް ކުރާ %10 މަހުޖަނުންނަށް އަދި މުޅިން ނުލިބި އޮތް، %90
ރައްޔިތުންގެ ހިއްސާވާ، އެންމެ %10، މުއްސަދިކަން އެރައްޔިތުންގެ އަތުން ނިގުޅައިގަނެވި މަހުޖަނުންނަށް ވެދުމަށް
އެރުވުނީއެވެ. އިގްތިސާދީ އަދި ސިޔާސީ އަޅުވެތިކަން %100
ފުރިހަމަޔަށް ހިންގޭނީ އަދި އޭރުންނެވެ. އަދި މިކަމުގެ އެންމެ ބޮޑު އަސަރެއް
ކުރާނީ ރާއްޖެތެރޭގެ ރައްޔިތުންނަށެވެ.

No comments:
Post a Comment