މުޙައްމަދު ހުސައިން
މިހާރު މަޖިލީހަށް ބަލައިގަނެފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އެސް.އީ.ޒެޑް ބިލާއިމެދު ކަންބޮޑުވުން
ފާޅުކުރަނީ ހަމައެކަނި އިނދިކޮޅު ޕާރޓީތަކުންނެއް ނޫނެވެ. ރާއްޖޭގެ
އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް ބަޔަކާއި އެތައް
ކައުންސިލްތަކަކުންވެސް މި ބިލާއި މެދު ކަންބޮޑުވެ އެކަމާއިމެދު
މިއަދު އެދަނީ ބަހުސް ކުރަމުންނެވެ. ސުވާލަކީ އެސް.އީ.ޒެޑްގެ
ދަށުން ދޫކުރެވޭ ސިނާޢީ ސަރަޙައްދުތައް ތަރައްޤީކުރަނީ ސީދާސީދާ
ޢާންމު ރައްޔިތު މީހާއަށް އެކަމުން
މަންފާވާނެ ގޮތަށްތޯއެވެ؟ މި ސުވާލުގެ
ޖަވާބަކަށް އެ ބިލު މިހާރު
އޮތްގޮތުން ބުނެވޭނީ އެކަން
ނިމިގެންދާނީ މީގެ ދިމާ އިދިކޮޅަށް ކަމެވެ. ރައްޔިތު މީހާ ކެނޑިނޭޅި ހުއްޓުމެއްނެތި ރެޔާއި
ދުވާލު އެކިއެކި ވައްތަރުގެ
ޓެކްސްތައް ދައްކަމުންދާއިރު މިގޮތަށް
ދޫކުރެވޭ ސަރަޙައްދުތަކަށް
އިންވެސްޓުކުރުމަށްކަމަށް ބުނެ
އެތެރެކުރެވޭހާ މުދަލަކާއި އެ
ސަރަޙައްދުތަކުގައި ވަކި
މުއްދަތެއްވަންދެން ކުރެވޭ ވިޔަފާރިން މުއްސަނދި މަހުޖަނު
ޓެކްސްގެ ގޮތުގައި ލޯލާރި ފޮއްޗެއްހާ ހިސާބުވެސް ދައްކަން ނުޖެހޭ ގޮތަށް އޮތުމަކީ ނާޖާއިޒު އެތައް ކަމެއް ކުރުމަށް
މަގުފަހިވެގެންދާ ކަންކަމެވެ.
މިސާލެއްގެ ގޮތުގައި އެކިއެކި
މަޝްރޫޢުތައް ހިންގުމަށް
ބިޑުތައް ކާމިޔާބުކޮށްފައިވާ ރާއްޖޭގެ
ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކުން މިހާރުވެސް ހިންގަމުންދާ
ނޭދެވޭ އެތައް ކަމެއް ފުދެއެވެ.
މަޝްރޫޢު ހިންގުމަށްކަމަށްބުނެ ޓެކްސް
މަޢާފްވެވިގެން އެތެރެ ކުރެވޭ އެތައް
މުދަލެއް ޢާންމު ރައްޔިތު މީހާއަށް
ޓެކްސް ލައިގެން ވިއްކާ ވިޔަފާރިކޮށް
އެކަމުންވެސް ނާޖާއިޒު ފައިދާ
ލިބިގަންނަމުންދާ ކުންފުނިތައް މަދެއް
ނޫނެވެ. ވަކި މުއްދަތެއްގެ ތެރޭގައި
ނިންމަންޖެހޭ މަސައްކަތްތައް އެ
މުއްދަތަށް ނުނިންމާ އެކަމާއިގުޅިގެން
ޖޫރިމަނާ ވާންޖެހޭ އެތައް އެތައް
ކުންފުންޏަކުންވަނީ ވަލުދޮރާށީން
އެތެރެވެ އެ އިދާރާތަކުގެ ކޮންމެވެސް
ނުފޫޒުގަދަ ފަރާތަކާއި ގުޅިގެން
މިގޮތަށް ދައްކަންޖެހިދާނެ
ޖޫރިމަނާތަކުންވެސް ސަލާމަތްވެފައެވެ.
ނަމަވެސް ކޮޓަރީގެ ދޮރަށް ފެން
ވިއްސާތީވެ، އެ ދޮރު ޙިމާޔަތްކުރުމަށް
ކުޑަކުޑަ ފުރާޅުގަނޑެއް ހުއްދަ
ނުހޯދާ ލީތީވެ، ޢާންމު ރައްޔިތު މީހާ
ކޯޓަށް ދާންޖެހެއެވެ. ޖޫރިމަނާ
ދެގުނައަށް ދައްކަން ޖެހެއެވެ. ނޫނީ ޙުކުމެއް
ތަންފީޒުކުރުމަށް ގޭބަންދުވެ
ނުވަތަ އަރުވާލެވިގެން
ހުންނަންޖެހެއެވެ. މިއީ އިންސާފުކަމުގައި ނުވާނަމަ، ވިޔަފާރީގެ
މަންފާ ހޯދުމަށް އެތައް ހާސް އަކަފޫޓެއްގެ ބިން، އިންސާނެއްގެ ޢުމުރަށްވުރެވެސް ދިގު މުއްދަތަކަށް "ތަރައްޤީ"
ކުރުމުގެ ލޭބަލް އަޅުވާފައި
ޓެކްސްވެސް ދައްކަން ނުޖެހޭގޮތަށް
މުއްސަނދި މަހުޖަނަށް ދިނުމަކީ އަދި
އަމުދުން އިންސާފެއް ނޫނެވެ.
ރާއްޖޭގެ ފަޤީރުންގެ ނިސްބަތް ދުވަހެއް
ދުވަހަކަށްވުރެ އިތުރުވެ، މުދަލާއި ޚިދުމަތްތުގެ އަގުތައް ތިރިނުވެ،
އިންފްލޭޝަން އަތްނުފޯރާ ފަށަށް ދަނީ ދުނިޔޭގެ އިޤްތިޞާދީ އޮއިވަރުތަކާއިވެސް
މުޅިން ޚިލާފަށެވެ. ފިޔައާއި ބިހާއި އަލުވި ނޫން އެހެން މުދާތައް
ދުނިޔޭގެ ބާޒާރުތަކުގައި ހަމަ އަގު ތިރިނުވެ އޮންނާތީތޯ ރާއްޖޭގެ
ރައްޔިތުންގެ ލޮލުގައި "ދުނިޔޭގެ ބާޒާރުގެ އަގަށް އައި ބަދަލާއި
ގުޅިގެން އަގު ބޮޑުވެފައިވާ" ކަމުގެ އަނދުން އެޅުވުމަށްފަހު އެ
އިތުރުކުރާބައި ދަށްނުވެ
އަބަދު ބޮޑުވަމުން މިދަނީ؟ ހަމަ
ޔަޤީނުންވެސް އެއް ބިލިޔަން މީހުންގެ
އާބާދީއަކަށް ޚަރަދުކުރަންޖެހިފައިވާ
އިންޑިޔާގައި މިކަން މިގޮތަށް
ހިނގަމުންދިޔަނަމަ ދުނިޔޭގެ
ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ދިހަ އަހަރުގެ ތެރޭގައި އެ ޤައުމަކަށް ނުވެވޭވެއެވެ. ރާއްޖޭގައި ވަނީ އެހެންތޯއެވެ؟ މުދަލާއި ޚިދުމަތްތަކުގެ ޑިމާންޑާއި
އެއްވަރަށް ޚިދުމަތް ރާއްޖޭގައި ނުލިބިވާނަމަ، އެތަނަކީ
ވެރިރަށް ފުރަމާލެ އާއި މާލޭގެ
އަވަށްޓެރި މާލެތަކެވެ. މި ތަންތަނަކީ
ސަރުކާރަށް ޤަބޫލުކުރެވޭ ޒާތުގެ
އިންސާނުން ހަމައެކަނި ދިރިއުޅޭ
ތަންތަނެވެ. މިހެން ދަންނަވަން ނުޖެހޭ
ސަބަބެއް ނެތެވެ. ދައުލަތުގެ ބަޖެޓުގެ
ތިންބައިކުޅަ އެއްބައި ޚަރަދުކުރަމުން އެދަނީ
ކުޑަގޮޅިތަކެއްފަދަ ތަންތަނުގައި ޙާލުގައި
ޖައްސުވާފައި އޮތް އާބާދީއެއްގެ
ތެރެއަށް އަނެއްކާވެސް އިތުރު
ޤައިދީންތަކެއް އެތެރެކުރުމަށެވެ.
ޤައިދީންނޭ މިދެންނެވީ، މާލޭގައި
ދިރިއުޅުމެކޭ ރާއްޖޭގެ ޖަލެއްގެ
ގޮޅިތަކުގައި އުޅުމެކޭ އެއްފަދަ ވެފައި
ވާތީއެވެ. ހަމައެކަނި ތަފާތަކީ ޖަލުގެ
ޤައިދީން ކުލި ދައްކަން ނުޖެހި
މާލެގެ ޤައިދީން ކުލި ދައްކަންޖެހުމެވެ.
އެސް.އީ.ޒެޑްގެ ބިލް ޤާނޫނަކަށް ވުމުގެ
ކުރިން ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަން
ދޭންޖެހެއެވެ. މާލެ އަތޮޅުގައި ތަރައްޤީކުރުމަށް ދޭނެ
އިތުރު ފަޅުރަށެއް ނުވަތަ ބިމެއް
ނެތުމަކީ ރާއްޖެ ތެރޭގެ ރަށްތަކުގައި
ދަތި ޙާލުގައި ދިރިއުޅެމުންދާ
އާބާދީގެ ތިންބައިކުޅަ ދެބައި މީހުންގެ
މައްސަލައެއް ނޫނެވެ. ސަރުކާރުން
އަތޮޅުތެރޭގައި ހުރި ރަށްތަކާއި
ބިންބިމުގެ މައްޗަށް މިހާރުގެ ޤާނޫންތަކާއި ޚިލާފަށް
ވެރިވެގަންނާކަށް ނުޖެހެއެވެ. އެ ސަރަޙައްދެއްގައި ހިންގާ ތަރައްޤީގެ
މަޝްރޫޢެއްގެ ފުރިހަމަ ފައިދާ ލިބެންޖެހޭނީ އެސަރަޙައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ސިޔާސީ މަޤާމްތަކުގައި
މާލޭގައި ތިއްބެވި ބޭފުޅުންނާއި މާލޭގެ ސަރުކާރަކަށް
ނޫނެވެ. ލާމަރުކަޒީ ޤާނޫނާއިވެސް
ޚިލާފަށް ރާއްޖޭގެ ސަރަޙައްދުތަކުގައި
ހުރި ބިންބިމަށާއި ރަށްތަކަށް
ދައުލަތުން ވެރިވެގަނެ ހިންގަމުންދާ މި
ނޭދެވޭ ޢަމަލު ސިފަކޮށްދެނީ މީގެ
އެތައް އަހަރެއް ކުރިން މާލޭގައި
ހުންނެވި ރަސްގެފާނަށް ކޮންމެ އަހަރަކު
ޖިޒީދައްކަންޖެހޭ އުސޫލެވެ. ރާއްޖޭގައި
މިހާރުވެސް އޮތީ ރަސްކަމެއް ނަމަ މި
ލިޔުން ލިޔާކަށްވެސް ނުޖެހޭނެއެވެ.
ނުވެސް ލިޔާނަމެވެ. އެސް.އީ.ޒެޑްގެ
ބިލް މިހާރު ފަރުމާކުރެވިފައި އޮތީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން
އިތުރަށް ނިކަމެތިކޮށް އަޅުވެތި ކުރެވޭ ގޮތަށެވެ. ރައްޔިތުންގެ ބާރު ކަނޑުވާލާ
އިންތިޚާބީ އެތައް ޙައްޤުތަކަކާއި އަސާސީ އެތައް ޙައްޤަކުންވެސް
މަޙުރޫމްވާގޮތަށެވެ. ފައިސާވެރި މަހުޖަނުންނަށް މި ބިލަކީ ރަންބިސް އަޅާ
ކުކުޅެކެވެ. ރައްޔިތުންނަށް މި ބިލަކީ ސާޙިބު މީހާއެވެ.
No comments:
Post a Comment