Tuesday, June 24, 2014

ގައުމު މުއްސަންޖެވެ. ރައްޔިތުން ފަގީރެވެ.



ފަގީރުކަމަކީ އިންސާނީ އުފެއްދުމެއް އެކަން ކުރިއަރަނީ ތަންތަނަށް ހޮވާ އިސްކުރާ ވެރިން ކަނޑައަޅާ ތަންފީޒުކުރާ ސިޔާސަތާ ގާނޫނުތަކުގެ ސަބަބުން. 



ފަގީރުން އިތުރުކުރަން ދައުލަތުން ކުރާ ކަންތައްތަކަކީ:-
އާންމުވެގެންވާ ފައިދާއަށްވުރެ ބޮޑަށް ވަކިބައެއްގެ ފައިދާއަށް ގާނޫނު ހަދާ ގާނޫނު ތަންފީޒުކުރުން
1.      އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅުން – ނުގައުގައި ބޭރުމީހުން ގެންގުޅެވުން. ދިވެހިންނަށް ވަޒީފާ ނުލިބުން.
2.     މުއްސަދިން އަތުން %1 ނަމަވެސް ލިބޭ އާމްދަނީ ޓެކްސް (އިންކަމް ޓެކްސް) ނުނެގުން،
3.     މުދަލުގެ ޒަކާތް ހަމަޔަށް ނެގުމަށް ފިޔަވަޅު ނޭޅުން.
4.     އެންމެ ފަގީރުމީހާވެސް ޓެކްސް ދައްކަން ޖެހުން – ޑިއުޓީގެ ގޮތުގައި
ތިމާމެންނަށް ލިބިފައިވާ ބާރުގެ ބޭނުން މުޖުތަމައުގެ މުއްސަދިކަމަށްވުރެ ތިމާމެންގެ މުއްސަދިކަން އިތުރުކުރުމަށް ހިފުން
1.      ރިސޯޓްތަކުގެ މުއްދަތު 35 އަހަރުން 55، 99 އަހަރަށް ބަދަލު ކުރާއިރު ދައުލަތަށް ފައިދާ ވާގޮތަށް ބިޑްއަކަށް ލާން ނުޖެހި އަދި އާންމުކޮށް ހިއްސާ ވިއްކަންވެސް ނުޖެހޭގޮތަށް އިންޑަސްޓްރީގައި ތިބި މީހުން(މެމްބަރުން) ޝާމިލް ވެގެން ނިންމުން.
2.     ވިޔަފާރިތަކުން ހާއްސަކޮށް ރިސޯޓްތަކުން އާދައިގެ މުވައްޒަފުންގެ ހައްގުތަކަށް އަރައިގަނެ ދިވެހިންނާ ބޭރުމީހުންނާ ދޭތެރޭ ތަފާތުކުރާއިރުވެސް ދައުލަތުން އެހައްގުތައް ރައްކާތެރި ކޮށްދޭން އެއްވެސް މަސައްކަތެއް ނުކުރުން
ގާނޫނާ ގަވައިދުތައް އާދައިގެ މީހާ ޓާރގެޓްކޮށް ހަދާ ތަންފީޒުކުރުން މަތީ ފަންތީގެ މީހުންނަށް ނުކުރުން
1.      އާދައިގެ މީހާ ދުއްވާ ޓްކްސީތަކު ފީ ހުއްދަނެތި ބޮޑު ނުކުރެވޭގޮތަށް ހިފެހެއްޓުން. މާލޭގެ މަދު ބިންވެރިން ކުއްޔަށް ދޭތަންތަނުގެ ކުލި ކޮންޓްރޯލް ނުކުރުން އަދި ފެންވަރުވެސް ބަލައި ރެގިއުލޭޓް ނުކުރުން.
2.     ބްލެކްގައި ޑޮލަރު ވިއްކުން ފާޅުގައި ކުރިއަސް އެކަން ކޮންޓްރޯލް ނުކުރުން، ގަވައިދާ ޚިލާފަށް ޕާކް ކުރާ ވެހިކަލް ސްޓިކަރޖަހާ އެކަން ތަންފީޒުކުރެވުން

ތަރައްގީގެ ސިޔާސަތު ތަކާ ޕޮލިސީތައް މަދުބައެއްގެ ފައިދާއަށް އެކަށައަޅައި ހިންގުން


ފަގީރުކަމާ އާމްދަނީގެ ފަރަގު ނައްތާލާ މާލެއަށް ލުއިކުރުމަށް ރާއްޖެއާ އަދި ރާއްޖޭން ބޭރުގެ ކަމުގެ މާހިރުންގެ ރެކޮމެންޑްކުރާ ރާޢްޖެތެރެއަށް އަސާސީ ޚިދުމަތް ދީ ރާއްޖެތެރެ ތަރައްގީކުރުން ފަހަތައްޖައްސާލުމަށްފަހު ހުޅުމާލެ، ހިއްކުން ބްރިޖް އެޅުން، ބޯޅަދަނޑު އެޅުމަށް 200 މިލިއަން ޑޮލަރު ޚަރަދޮކޮށް އެކަން ކުރަމުން ގެންދިއުން
ނަތީޖާ

ރައްޔިތުންގެ ފަގީރުކަން އިތުރުވިއަސް ވިޔަފާރިތަކާ މިހާރުވެސް މުއްސަދި ފަރާތްތަކުގެ ފައިދާ އެތައް ދަރަޖައަކަށް މަތިވުން

ހައްލު.

ސިޔާސަތާ ބެހޭށެވެ! ކަންކަމަށް އިސްކޮށްފައިވާ ވެރިން ރަށުފެންވަރުގައި، އަތޮޅު ފެންވަރުގައި ގައުމީ ފެންވަރުގައި ޖަވާބުދާރީ ކުރުވާށެވެ.

No comments:

Post a Comment

Meedhaa